އިދިކޮޅުގެ ލީޑަރޝިޕްގެ މެމްބަރުން މާފުށީ ޖަލު ސަރަހައްދުގައި/ ފޮޓޯ: ޕީޕީއެމް
ހަބަރު
19 Jan 2023 | 11:35
"ރައީސް ޔާމީނު ހުންނެވި ގަދަކޮށް، އެދިވަޑައިގަތީ ސަރުކާރަށް ދޫ ނުދިނުމަށް"

ވާދަވެރި ސިޔާސީ ލީޑަރު އަދު ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނަވާ ރައްޔިތުންނަށް ދެއްވި ޚާއްސަ މެސެޖެއް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ހިއްސާކުރައްވައިފި އެވެ. 

ރޭ ޕީޕީއެމް އޮފީސް ދޮރުމަތީ އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުންނަށް ރައީސް ޔާމީންއާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވާކަމަށެވެ. 

އެމަނިކުފާނު ހުންނެވީ ކުރިއަށްވުރެވެސް ގަދަކޮށް ކަމަށާއި، އެއްވެސް ކަހަލަ ހާސްކަމެއް ކަންބޮޑުފުޅުވުމެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

"ރައީސް ޔާމީން ހުންނެވީ ޖަލުގައި. ހަރާން ހުކުމެއް ކޮށްގެން، އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ވަރަށް ގަދަކޮށް.. ކުރީފަހަރު.. ފުރަތަމަ އަޅުގަނޑާއި ޖަލުން ބައްދަލުވި ދުވަހާއި މިއަދާއި ހާސްބައި ތަފާތު، އެއްވެސް ކަހަލަ ހާސްކަމެއް ކަންބޮޑުފުޅުވުމެއް މޫނުފުޅު މައްޗަކުން ނުފެނުނު"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް  

އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު ޖަލަށް ވަޑައިގަތީއްސުރެ ކެނޑިނޭޅި، އެމަނިކުފާނުގެ ހައްގުގައްި ރައްޔިތުން ކުރަމުންދާ މަސައްކަތަށް ރައީސް ޔާމީން ފަށްފަށުން ޝުކުރުއަދާކުރެއްވި ކަމަށެވެ. 

އެއާއެކު ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް ތަންފުކެއްވެސް ދޫނުކޮށް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ވަކިން ޚާއްސަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް ކުރެވޭ މަސައްކަތްތައް ގަދަޔަށް ޖެއްސުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

"އެމަނިކުފާނު ވިދާޅުވީ ހަމަ އެންމެ ތަންފުކެއްވެސް ދޫކޮށްގެން ނުވާނެއޭ.. އިންޑިއާ އައުޓު ހަމަ ގަދަޔަށް ކިޔާށޭ.. ރައީސް ސޯލިހަށް ހަމަ ގަދަޔަށް ބަވާށޭ.. މި ސަރުކާރުގެ ވިޔާނުދާ ކަންތައްތަކުގެ ވާހަކަތައް ގަދަޔަށް ދައްކާށޭ.. ކޮންމެހެން ތިމަންނާއަށް (ރައީސް ޔާމީނަށް) ލުޔެއް ލިބިދާނެކަމަށް ހީކޮށް އެމީހުންނަށް (ސަރުކާރަށް) ދޫ ނުދޭށޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް  

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ސާބިތުކަމާއި އެކީގައި ކަމަށެވެ. އަދި މާތް ރަސްކަލާނގެ ގެ ރަހުމަތްފުޅާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަމާއިވެސް އެކުގައި ކަމަށެވެ. 

އެމަނިކުފާނަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގަތަސް ރައްޔިތުން މާޔޫސް ނުވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިހާރަށްވުރެ ފުޅާކޮށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.