އިދިކޮޅުގެ ޕްރެސްކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jan 2023 | 12:33
ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރަށް އަނިޔާކުރާކަން ދުނިޔެއަށް އެނގޭ: އިދިކޮޅު

ޑިމޮކްރަސީގެ ހަމަތައް އެއްފަރާތްކޮށް ސަރުކާރާއި ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް މި ސަރުކާރުން އަނިޔާވެރިވަމުންދާކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް އައިސްފައިވާކަމަށް އިދިކޮޅުން ބުނެފި އެވެ. 

އިދިކޮޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ ޒިންމާދާރު އިދިކޮޅު ލީޑަރެއްކަން ދުނިޔެ ގަބޫލުކޮށްފި ކަމަށެވެ. 

އެގޮތުން އެމަނިކުފާނަކީ ރާއްޖެ ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ނޫންކަމަށާއި، ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު، ވާދަވެރި ލީޑަރުގެ ހައިސިއްޔަތުންވެސް ޒިންމާދާރު މަސައްކަތްޕުޅުތަކެއް ކުރެއްވުމުގައި އެމަނިކުފާނު ސާބިތުވެ ހުންނެވިކަން ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރާކަމަށް ސައީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން މި ސަރުކާރުން ރައީސް ޔާމީންގެ މައްޗަށް ފުލުފުލުގައި ދައުވާތައް އުފުލަމުންދަނީ އެއީ ވާދަވެރި ލީޑަރަށް ވުމުންކަމަށާއި، އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްކަން ބައިނަލްއަގުވާމީ މުޖުތަމައު މިހާރު ގަބޫލުކުރާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން އެ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ސައީދު ފާހަގަކުރެއްވި އެވެ.

"އިދިކޮޅުގެ ޖޮއިންޓު ސެނެޓުގެ އިއްތިފާގުން އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވަންދެން އެމަނިކުފާނު އުޅުއްވީ ގައުމު މިނިވަންކުރުމުގެ މަސައްކަތުގައި. އެފަހުން އެމަނިކުފާނު ވެވަޑައިގެންނެވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަށް. ބޭރުގެ ފަރާތްތަކަށް މިކަން ބަލައިގަނޭ.. ދަނޭ.. މިހާރު އަނެއްކާ 8 މަސް ދުވަހަށް ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވާ އަވަސް އަރުވާލާފަ އެމްޑީޕީގެ ޕްރައިމަރީއާއި ދިމާކޮށް މި ޖެހި ސަކަރާތް ބޭރުގެ ފަރާތްތަކަށް އެނގޭ"

ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު 

 ޑިމޮކްރެޓިކް ވެރިކަމެއް ކުރާނެކަމަށް ބުނެ އެމްޑީޕީއިން މީގެ ކުރިން ބައިނަލްއަގުވާމީ މުޖުތަމައުގައި ދެއްކި ވާހަކަތަކާއި އެމީހުންގެ އަމަލުތަކާއި ދިމާނުވާކަން އެ ފަރާތްތަކަށް އެނގޭކަމަށާއި، ރާއްޖޭގެ މަޝްރަހު އެ ފަރާތްތައް ވަރަށް ގާތުން ބަލަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. 

އެގޮތުން މި ސަރުކާރުން ރައްޔިތުންނަށް ގާނޫނު އަސާސީއިން ލިބިދޭ ޚިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއަޅާ، މުޒާހަރާތަކަށް ނިކުންނަ ފަރާތްތަކަށް އަނިޔާވެރިވާކަމަށާއި، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމުގައި ފެއިލްވެފައިވާކަން މުޅި ދުނިޔެއަށް އެނގޭކަމަށް ސައީދު ވިދާޅުވިއެވެ. 

ބައިނަލްއަގުވާމީ މުޖުތަމައުތަކުގެ ކުރިމަތީގައި މި ސަރުކާރާއި އެމްޑީޕީގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާކަމަށާއި، ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަށް އެމްޑީޕީ ފެއިލްވެފައިވާކަން މިއަދު އެ ފަރާތްތައް ގަބޫލުކުރާކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް
އަލީ ބިން ޔޫސުފް
ކުރިން ދުނިޔެކީ އޮންނަތަނެއްކަން ނޭގުނު ވެރިޔަކު މިހާރު ދުނިޔެ ފަހަތުން ދުވަން ޖެހުނީމާ ހިނި އާދެއެވެ.
20 Jan 2023
އިއްބެ
އެކަންއެނގުނީމިއަދުތަ މީގެކުރިންނޭގުނީކީއްވެ
20 Jan 2023
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.