އިދިކޮޅުގެ ޕްރެސް ކޮންފަރެންސްގައި ޑރ ޖަމީލު ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
20 Jan 2023 | 12:45
"ރައީސް ޔާމީންއަށް ހުކުމް ޖަހާ ކޮންމެ ފަހަރަކު ކުރިމަތީގައި އިންތިޚާބެއް އޮތުމަކީ އިއްތިފާގެއް ނޫން"

ވާދަވެރި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަހަރަކު ކުރިމަތީގައި އިންތިޚާބެއް އޮތުމަކީ އިއްތިފާގެއް ނޫންކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީންއަށް "ޓާގެޓު" ކޮށްގެން މި ސަރުކާރުން އަނިޔާކުރަމުންދާކަން ބައިނަލްއަގުވާމީ މުޖުތަމައުއާއި ހިއްސާކުރުމަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނެވެ. 

މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން އައި ހުރިހާ އިންތިޚާބެއް ބޭއްވީ ވާދަވެރި ސިޔާސީ ލީޑަރު ބަންދުގައި ބަހައްޓައިގެން ކަމަށާއި، އަދި އިންތިޚާބުތަކާއި ދިމާކޮށް ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލަމުން ދިއުމަކީ ރޭވިގެން ހިންގާ ކަމެއްކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

"2019 ގެ އިންތިޚާބު ކުރިމަތިވި ވަގުތުގައި ހަމަކުއްލިޔަކަށް ހަމަ މައްސަލަތަކެއް ކުރިމަތިކޮށްފަ އޭރުވެސް ހުކުމް ކުރި.. އަދި އެ ހުކުމްކުރި ހާލަތުގައި ހުކުމް ކުރުމަށްފަހު ކަންތައްތައް ވެގެންދިޔަ ގޮތާއި، އެ ހުކުންކުރި ފަނޑިޔާރުންގެ އޯޑިއޯތައް ލީކުވެ، އެ އޯޑިއޯތަކުގައި ހުރި ވާހަކަތަކުން މި ހުކުމަކީ ކަނޑައެޅިގެން ރައީސް ޔާމީނުގެ މައްޗަށް އިންތިޒާމީ ގޮތެއްގައި.. މި ކަންކަން ކުރަނީ ހަމަ ސީދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފަހަތުގައި ހުންނަވައިގެން، ސަރުކާރުން އިސްވެ އޮވެ ކުރާކަމެއްކަން ސާބިތުވެގެން ދިޔަކަން ހާމަކޮށްދިނުން"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު 

ޑރ ޖަމީލު ވިދާޅުވީ އެފަހުން ވ އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ ހުކުންކޮށްފައިވަނީ އެމްޑީީގެ އެތެރޭގެ އިންތިޚާބު ކުރިމަތީގައި އޮއްވާ ކަމަށެވެ. އެހުކުމާއި ހަމަޔަށް ދިއުމުގެ ކުރިން އެމަނިކުފާނު ޖަލަށް ލުމަށް ތައްޔާރީތައް ވާން ފެށުމުން، އެއީ ސީދާ އިންތިޚާބާއި ދިމާކޮށް ވާދަވެރި ސިޔާސީ ލީޑަރު އެއްފަރާތް ކުރުމުގެ ނިޔަތުގައި އިއްވި ހުކުމެއްކަން ހާމަވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

އާރަށު މައްސަލައިގެ ހުކުމަށްފަހު ރައީސް ޔާމީން މާފުށީ ޖަލަށް ވަޑައިގަންނަވަނީ 

"މިއީ ސަމާސާ ވާހަކައެއް ނޫން! އަޅުގަނޑުމެން މިއަދު ރާއްޖޭގައި މިތިބަ ހިސާބުގައި ތިބޭއިރުގައި ރާއްޖޭގެ އެއްވެސް ފަރާތަކުން އެއީ އަމުދުން ރާއްޖޭގެ ރައީސަކަށް ހުންނެވި ބޭފުޅަކު އިސްވެ ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ސީދާ ވަކި ފަރުދަކަށް އަމާޒުކޮށްގެން ކަންތައްތަކެއް އިންތިޒާމުކޮށް ތަހުގީގެއް ހިންގާ ކޯޓުތައް މެދުވެރިކޮށްގެން ހުކުމްތަކެއްކޮށް އެމީހަކާއި ސިޔާސީގޮތުން ވާދަކުރުން.. އެކަމުގެ ބިރު ނަގާ އެމީހަކު ސިޔާސީ މައިދާނުން އެއްފަރާތްކުރުމަށްޓަކައި ހުކުމް ޖަހައިގެން ޖަލަށްލާ ނިޒާމަށް އައުމަކީ އެއީ މިއަދު ރާއްޖެ އައިސްފައި އޮތް ހިސާބުން ބަލާކަމުގައި ވަންޏާ ގަބޫލުކުރެވޭނެ މިންގަނޑުތަކެއް ނޫން"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީނާއި ދޭތެރޭގައި މި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ބައިނަލްއަގުވާމީ ފަރާތްތަކާއިވެސް ހިއްސާކުރެވިފައިވާކަމަށެވެ. އަދި އެމަނިކުފާނަށް މި ސަރުކާރުން އަނިޔާވެރިވަމުންދާކަން އެ ފަރާތްތައް ގަބޫލުކުރާ ކަމަށާއި، އެ ފަރާތްތަކުގެ ކަންބޮޑުވުން މި މައްސަލައިގައި އިންތިހާއަށް އޮތްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.