ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީން
20 Jan 2023 | 13:15
އުމުރުން ދުވަސްވެފައިވާ މައިންބަފައިންގެ ކިބައިން ދިމާވާ ކަންކަމަށް ކެތް ކުރާންވާނެ: ޚުތުބާ

ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި މައިންބަފައިން ތިބޭއިރު، އެ މީހުންގެ ކިބައިން ދިމާވާ ކަންކަމަށް ކެތް ކުރާންވާނެ ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. 

މައިންބަފައިންނަށް ކަމޭހިތުމުގެ މައްޗަށް އަލި އަޅުވާލާފައިވާ ޚުތުބާގައި ބުނީ، ކޮންމެ އިންސާނަކު ވެސް ދުނިޔޭގައި ލަހައްޓަވައިފި ނަމަ ޢުމުރުން ދުވަސްވެ، މުސްކުޅި ޢުމުރާ ކުރުމަތިލާން ޖެހޭނެކަން ހަނދާންކުރަން ޖެހޭނެ ކަމަށެވެ.

އަދި ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ، ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ޙާލުގައި އެ މީހުންނަށް އެހީތެރިވެ އަޅައިލުމަކީ، ކޮންމެ ދަރިއެއްގެ ވާޖިބެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"އެ ޙާލުގައި، އެ މީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވާންވާނެއެވެ. އެބައިމީހުންނާ މުއާމަލާތްކުރަން ވާނީ، އޯގާތެރިކަމާއެކުގައެވެ. ތިބާގެ އެއްވެސް އާރެއް ބާރެއް ނެތް ދުވަހު މައިންބަފައިން އެބައިމީހުންގެ އުފަލާއި އަރާމު ޤުރުބާންކޮށް، ތިބާއަށް ކާންބޯންދީ ބަލަހައްޓައޮ އޯގާތެރިވީ ފަދައިންނެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ކަންމިހެން ހުރި ނަމަވެސް މިއަދު ދިވެހި މުޖުތަމައުއިން ފެންނަނީ މައިންބަފައިން އުމުރުން ދުވަސްވުމުން، އެމީހުންނަށް އަޅާނުލައި އިހާނަތިކޮށް ހިތާ މަންޒަރުކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން، އުމުރުން ދުވަސް ވުމުން އެމީހުންނަށް ކާން ނުދީ އަޅާނުލުމުގެ ސަބަބުން ސަލާމްޖަހައިގެން މައިންބަފައިން ކައިބޮޑި ހަދާއިރު، ދަރިން ގޭގައި އަރާމާއި އުފަލުގައި އުޅޭ ކަމަށް ފާހަގަކޮށް ޚުތުބާގައިވަނީ އެއީ ހިތާމަ ހުރި، އަދި ހަރާމް ކަމެއް ކަމަށް ބުނެފައިވެއެވެ. 

ވުމާއެކު މައިންބަފައިންނަށް ކަމޭހިތައި އަޅާލާ، ބަޔަކަށް އެންމެންވެސް ވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.