ދީން
20 Jan 2023 | 14:16
ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅު ގުޑުންއަރައިގެން ދިޔަ ޙާދިސާއެއް

މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި މަދީނާގެ މާތް ބިމަށް މުޞްޢަބު ބުން ޢުމައިރު رَضِيَ اللهُ عَنْهُ ފޮނުއްވިއެވެ. މުޞްޢަބުގެފާނުގެ އަތްޕުޅު މައްޗަށް މަދީނާގެ އަހުލުވެރިން އިސްލާމްވަމުން ދިޔައެވެ. މިގޮތުން، އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގަތް އެއް ބޭކަލަކީ ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ އެވެ.

ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ އިސްލާމްވެވަޑައިގެންނެވުމަށްފަހު، މަދީނާގެ ބިމުގައި އެ ދީނުގެ ނޫރު ފެތުރުއްވުމަށްޓަކައި މަސައްކަތްޕުޅު ކުރެއްވިއެވެ. އެކަލޭގެފާނާއެކު އެކަލޭގެފާނު ވެރިއެއްގެ ގޮތުގައި ހުންނެވި އައުސްވަންހައިގެ ބަނޫ ޢަބްދުލް އަޝްހަލުގެ އެންމެން އިސްލާމްވިއެވެ. މިއީ އެ ގަބީލާއެއްގެ އެންމެން އިސްލާމްވި ފުރަތަމަ ގަބީލާއެވެ.

ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ އަކީ އަންޞާރިއްޔަ ބޭކަލުންކުރެ މާތް މަތިވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމާބެހޭގޮތުން ޢާއިޝާ رَضِيَ اللهُ عَنْهَا ވިދާޅުވެފައިވެއެވެ. "މަތިވެރިކަމުގައި އަންޞާރިއްޔަ ބޭކަލުންކުރެ ތިން ބޭކަލަކަށްވުރެ އެކަކަށްވެސް މަތިވެރި ނުވެވޭނެއެވެ. އެ ތިން ބޭކަލުންނަކީވެސް ބަނޫ ޢަބްދުލް އަޝްހަލުގެ ތިން ބޭކަލުންނެވެ. އެއީ: އުސައިދު ބުން ޙުޟައިރާއި ސަޢުދު ބުން މުޢާޛާއި ޢައްބާދު ބުން ބިޝްރެވެ."

ސަޢުދުގެފާނުގެ ވިސްނުންފުޅުގެ ތޫނުފިލިކަމާއި، ޢަދުލުވެރިކަން ދޭހަކޮށްދޭ އެއް ހާދިސާއަކީ ޔަހޫދީންގެ ޤަބީލާއެއްކަމުގައިވާ ބަނޫ ޤުރައިޡާ ވަންހައިގެ މީހުންނާމެދު ޙުކުމްކުރެއްވި ޙުކުމްކުރެއްވުމެވެ. އެ ގަބީލާގެމީހުން މުސްލިމުންނަށް ޣައްދާރުވީހިނދު، އެބައިމީހުންނާމެދު ކަންތައް ކުރައްވާނެގޮތަކާމެދު މުސްލިމުންގެ މެދުގައި ޚިޔާލުތަފާތުވެފައި ވަނިކޮށް، މި މައްސަލާގައި ޙުކުމްކުރެއްވުމަށް ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ސަޢުދުގެފާނާ ޙަވާލުކުރެއްވިއެވެ. އަދި ސަޢުދުގެފާނު ޙުކުމްކުރެއްވިހިނދު ޙަދީޘްކުރެއްވިއެވެ. "ﷲގެ ޙުކުމްފުޅާ އެއްގޮތަށް ކަލޭގެފާނު ޙުކުމްކުރައްވަފައިފިއެވެ."

މީގެ އިތުރުން ސަޢުދުގެފާނަށް ސުވަރުގޭގެ މަތިވެރިކަން ލިބޭނެކަމުގެ އުފާވެރި ޚަބަރެއް ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ދެއްވާފައެވެ. މިގޮތުން ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް (މޮޅު) ފަށުވި ފޭރާންކޮޅެއް ހަދިޔާއެއްގެ ގޮތުގައި އެރުވުނެވެ. އެހިނދު، އެ ފޭރާންކޮޅުގައި ޞަޙާބީބޭކަލުން އަތްޕުޅު ބީއްސެވުމަށް ފުރުޞަތުދެއްވުމުން، އެބޭކަލުން އަތްޕުޅު ބީއްސަވައި، އެ ފޭރާންކޮޅުގެ މަޑުކަމާމެދު ޢަޖައިބުފުޅުވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިޔަ ބޭކަލުން ޢަޖައިބުފުޅު ވަނީ މީގެ މަޑުކަމާމެދުތޯއެވެ؟ ހަމަކަށަވަރުން ސަޢުދު ބުން މުޢާޛުގެ ރުމާކޮޅު މިއަށްވުރެވެސް ހެޔޮވެގެންވެއެވެ. ނުވަތަ މިއަށްވުރެ މަޑުވެގެންވެއެވެ."

އިސްލާމްދީނަށް ނަޞްރު ދެއްވުމުގައި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނިކޮށް، ހިޖުރައިން 5 ވަނަ އަހަރު ހިނގައިދިޔަ ޚަންދަޤު ހަނގުރާމައިގައި ސަޢުދުގެފާނު ޒަޚަމްވެވަޑައިގަތެވެ. އެކަލޭގެފާނަށް ފަރުވާކުރެއްވުމަށް މަސްޖިދުއް ނަބަވީގައި ޚާއްޞަ ފޭލިގެކޮޅެއް ޖެއްސެވުނެވެ. އެހެންނަމަވެސް، އެ ޒަޚަމްފުޅުގެ ސަބަބުން އެކަލޭގެފާނު އަވަހާރަވިއެވެ. އިސްލާމްދީނަށް ނަޞްރު ދެއްވުމަށް ހިތްވަރާއެކު މަސައްކަތްޕުޅުކުރެއްވި މަތިވެރި ތަރިއެއް އޮއްސިގެން ދިޔައެވެ. ސަޢުދުގެފާނުގެ ކަށުކަމާކެމީގެ ކަންކަން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކޮށް ދެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. "ސަޢުދު ބުން މުޢާޛު އަވަހާރަވުމުން ރަޙްމާންވަންތަ އިލާހުގެ ޢަރުޝިކޮޅު ގުޑުން އަރައިގެން ދިޔައެވެ." سُبْحَانَ الله!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސަޢުދު ބުން މުޢާޛު رَضِيَ اللهُ عَنْهُ ގެ ޙަޔާތްޕުޅުން އެނގިގެންދަނީ އިސްލާމްދީނަށް ނަޞްރުދީ، އެ ދީން މަތިވެރި ކުރުމަކީ ހަމަކޮންމެ މީހަކަށްވެސް އެމީހަކަށް ލިބިފައިވާ ކުޅަދާނަކަމެއް ބޭނުންކޮށްގެން ޙިކުމަތްތެރިކަމާއެކު ކުރެވޭނެކަމެއް ކަމެކެވެ. މާތްކަމާއި މަތިވެރިކަން ވަނީ އެ ދީނަށް ތަބާވެ، އެ ދީނުގައި ފައިތިލަ ސާބިތުކުރެވުނު މިންވަރަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.