ރައީސް ޞާލިހުގެ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި، މާރިޔާ ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
20 Jan 2023 | 22:21
އެންމެ ބިރު ހީވަނީ ރައީސް ނަޝީދު ރައީސް ޔާމީނާ ކޯލިޝަނެއް ހައްދަވައިފާނެތީ: މާރިޔާ

މިއަދު، އެންމެ ބިރު ހީވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކީގައި ކޯލިޝަން އެއް ހައްދަވާފާނެތީ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. 

އާޓީފިޝަލް ބީޗު ސަރަހައްދުގައި މިހާރު ކުރިއަށްދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ޕްރައިމަރީ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމާއި ހަމައަށް އެމްޑީޕީއަށް ހިންގުނު ހަމައެކަނި ބޮޑު ހަރަކާތަކީ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވި "ގޮވެލި ފަތި" ގޮވުން ކަމަށެވެ. 

އެހެނީ، އެދެމެދުގައި ހިނގައި ދިޔަ އަހަރު ތަކުގައި، ކުރީގެ ރައީސް، އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން، ސިޔާސީ ލީޑަރުންތައް ބަންދުކޮށް، ޚާއްސަކޮށް ރައީސް ނަޝީދުގެ ޝަރީއަތް "ފަޓާސް ބަރިއެއް ހެން" ހިންގަވައި، އެމަނިކުފާނު ޖަލަށް ލުމުގެ ކަންކަން ރައީސް ޔާމީން ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަަމަ ކުރެއްވި ކަމަކީވެސް ރައީސް ނަޝީދު ޖަލަށް ލެއްވުމުގެ މަސައްކަތް ކަމަށާ، އެމަނިކުފާނުގެ ވިޝަން އަކީވެސް އެއީ ކަމަށް މާރިޔާ ވިދާޅުވިއެވެ. 

"ނަމަވެސް މިހާރަކަށް އައިސް މި އިވެނީ، ރައީސް ނަޝީދު ވިދާޅުވާ އަޑު، ރައީސް ޔާމީނާއި އެމަނިކުފާނާ ވަރަށް އެއްގޮތޭ. އިންޑިއާ އައުޓް ފިޔަވައި އެހެން ހުރިހާ ކަމެއްގައި އެމަނިކުފާނާ، ރައީސް ޔާމީނާއި، އެއްގޮތޭ. ރައީސް ޔާމީންގެ ސިޔާސަތުތައް ކަމުދާ ވާހަކަ. އަޅުގަނޑުމެންނަށް މި އިވެނީ ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ. ވިދާޅުވަމުން ރައީސް ނަޝީދު ވަޑައިގަންނަވާތަން." ރައީސް ޔާމީނަކީ ވިޝަނަރީ ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވި އެވެ. 

މާރިޔާ ވިދާޅުވީ، ރައީސް ނަޝީދު ރަށްރަށަށް ވަޑައިގެންނެވުމުން، އެމަނިކުފާނު ވަޑައިގަންނަވާ ތަން ތައްޔާރު ކުރުމަށް ޕީޕީއެމްގެ އެކްޓިވިސްޓުންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ރައީސް ނަޝީދު ރަށްރަށަށް ވަޑައިގަންނަވާއިރުގައިވެސް، އެމަނިކުފާނުގެ އިސްތިގުބާލުގައި ޕީޕީއެމްގެ ހަރަކާތްތެރިން ތިއްބަވާ ވާހަކަ އަޑުއިވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. 

"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަވެސް. އެހެން ކަމާއިއެކު، މިއަދު، އަޅުގަނޑަށް ހަމަ ގައިމުވެސް އެންމެ ބިރު ހީވަނީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، ރައީސް ޔާމީނާއި އެކީގައި ކޯލިޝަން އެއް ހައްދަވާފާނެތީ." 

މާރިޔާ އަހުމަދު ދީދީ 

އެހެންކަމުން ޖަޒުބާތުގައި ޖެހިގެންވެސް ރައީސް ނަޝީދު ރައީސް ޔާމީނާއެކު ކޯލިޝަން ހެދުން ފަދަ "މޮޔަ ކަމެއް" ކުރުމުގެ ފުރުސަތު ނުދިނުމަށް މާރިޔާ ގޮވައިލެއްވި އެވެ.

"މިއަދު އަޅުގަނޑުމެންގެ ޕާޓީގެ، ނުހަނު ލޯބިވާ ރައީސް ނަޝީދު ނުކުމެވަޑައިގެން ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެން ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒުބާތުގައި ޖެހިގެންވެސް އެމަނިކުފާނު އެފަދަ މޮޔައެއް، އެފަދަ ކަމެއް ކުރެއްވިޔަ ދީގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.