ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު/ ފޮޓޯ: ސަން
ހަބަރު
21 Jan 2023 | 11:11
ހުކުން ޖެހީ މައްސަލަ ދިރާސާ ނުކޮށްކަން ރިޕޯޓުން ހާމަވޭ: ރައީސް ޔާމިންގެ ވަކީލު

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަކީލު ކުރެއްވިއިރު އެ މައްސަލަ ދިރާސާ ކުރެއްވިކަމާމެދު ސުވާލު އުފެދޭކަމަށް ރައީސް ޔާމިންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒު ވެދާޅުވެއްޖެ އެވެ. 

ވ. އާރަށުގެ މައްސަލައިގައި މި ދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމާއި، އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައި ބޮޑެތި ފުށޫއެރުންތަކެއް ހުރިކަން ފާހަގަކޮށް ގާނޫނީ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ. 

އެކަމާއި ގުޅޭގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޝިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރީއަތެއްގައި ކަމެއް ސާބިތުވުމާއި ނުވުން ބިނާވެގެން ވަނީ މައްސަލައާއި ގުޅިގެން ހުށައަޅާ ހެކިތަކުގެ މައްޗަށް ކަމަށެވެ. ފަހަރެއްގައިވެސް އެއީ ހަރުދަނާ ހެއްކެއް ދަލީލެއް ނެތި ނިޔާވެރިޔާއަށް (މައްސަލަ ބައްލަވާ ފަނޑިޔާރަށް) ފެނިވަޑައިގަންނަވާ ގޮތަށް ނިންމާ ނިންމުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެން ނަމަވެސް ވ އާރަށުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު ދިރާސާކުރައްވަމުން ދާއިރު، ހުކުމަށް ވާސިލުވި ސަބަބު ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެވޭކަމަށް ޝިޔާޒު ވިދާޅުވިއެވެ. އިސްތިއުނާފުކުރުމަށްވެސް އެންމެ އުނދަގޫވަނީ ރިޕޯޓުގައި އެކަންކަން ބަޔާންކޮށްފައި ނުވާތީކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެއާއެކު ޝިޔާޒު ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލަ (ވ.އާރަށް މައްސަލަ) ނިންމި ގޮތުގެ ރިޕޯޓުގެ އެކިބައިތަކުގެ ޢިބާރާތްކުރުމާއި، ޖުމްލަތަކުގެ ކުރުދިގުމިނާއި، ޢަދަދު ލިޔާގޮތާއި، ޖުމްލަތައް ފެށުމާއި ނިންމުންތައް ގެނެސްފައި ހުރި ގޮތުން، ޢިބާރާތްކުރުމުގައި ތަފާތު އެކި ޝަޚްޞިއްޔަތު ފާހަގަކުރެވިގެން ދިޔަކަމަށެވެ. އަދި އެއީ ސަބަބުވެރި އިއްތިފާގުތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

ޝިޔާޒު އިތުރަށް ވިދާޅުވީ ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކާއި، ފަނޑިޔާރު އިބާރާތްކުރުން ގެނެސްފައިވާ ގޮތް އަޅާކިޔުމުން ހަގީގަތުގައިވެސް އެ މައްސަލައިގައި ކުރެވިފައިވާ ދައުވާއާއި، ހުށައެޅިފައިވާ ހެކިތަކާއި ޝަރީއަތުގައި ހާމަވި ކަންތައްތައް ފަނޑިޔާރު ދިރާސާ ކުރައްވާފައިވޭތޯ ސުވާލު އުފެދޭކަމަށެވެ. 

ވ އާރަށުގެ މައްސަލަ މި ފެށޭ ހަފްތާގައި ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާއިރު، ކަފާލާތައްވެސް ހުށައަޅާނެކަމަށް ގާނޫނީ ޓީމުން ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް އެ ފަރާތްތައް ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ހުސޭނުބޭ
ވައްކަން ކުރީމާ ޖަލަށްލާން ޖެހެއެވެ. އެހެރަ ހަދަމުންދާ ގަޑުވަރު ދިވެހިންގެ މިލްކަކަށް ވާނެ ދުވަހުގެ އިންތިޒާރުގައި އެތަށް ބަޔަކު އެބަތިއްބެވެ.
21 Jan 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.