ބިންދައިގެން ދިޔަ ދޯނި--
ހަބަރު
22 Jan 2023 | 15:17
މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮއްސި!

މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ގޮސް ދެފަޅިވެއްޖެއެވެ. 

ގއ. ދާންދޫ ކަނޑުމަސްވެރިކަން ކުރާ "ފަހި" ނަމަކަށް ކިޔާ މި ދޯނި ބިންދައިގެންގޮސް ދެފަޅި ވެފައިވަނީ، ރޭ ފަތިހު ގާތްގަނޑަކަށް 3:30 ހާއިރު މަހަށް ނުކުމެ އުޅެނިކޮށް ކަމަށް، އެ ދޯނީގެ އިސް ފަރާތެއް ކަމަށްވާ ޒުބައިރު "ވޮއިސް" އަށް މައުލޫމާތު ދެއްވައެވެ. 

ޒުބޭރު އިތުރަށް ވިދާޅުވީ، ދޯނި ބިންދައިގެން ދިޔައިރު ދޯނީގައި ޖުމުލަ 19 މީހުން ތިބި ކަމަށާއި، އެތަނުން އެކަކަށް ކުޑަ ވަރެއްގެ އަނިޔާވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ލިބިފަނީ ސީރިއަސް އަނިޔާ ތަކެއް ނޫން ކަމަށްވެސް އޭނާ މައުލޫމާތު ދެއްވައެވެ. 

ޒުބޭރު އިތުރަށް ވިދާޅުވީ، ދޯނީގައި ތިބި ފަޅުވެރިން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދޯނީގެ ކުރީކޮޅު ކަނޑުހުޅުދޫ ދޯންޏެއްގެ ކަހަތުގައި ޖަހައިގެން އަދި ފަހަތުކޮޅު ގެމަނަފުށީ ދޯންޏެއްގެ ކަހަތުޖަހައިގެން ރަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ފަހަތުކޮޅު ރަށާއި ހަމައަށް ފޯރާނީ ހަވީރު ކަމަށްވެސް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށް ޒުބޭރު ވިދާޅުވިއެވެ. 

މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ހާދިސާގެ ސަބަބުން ދޯނީގައި ހުރި ތަކެއްޗަށާއި ދޯންޏަށް ވެސް ލިބިފައިވާ ގެއްލުން ދެނެގަނެވިފައި ނުވާކަމަށް ޒުބޭރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.