ވިޔަފާރި
22 Jan 2023 | 20:42
ވިލާ ހަކަތައިން ކޮލޮރައިޓް ކޯޓެޑް ރޫފިން ޕްރޮޑަކްޓްސް މާކެޓަށް ނެރެފި

ގިނަބަޔަކު މިހާރުވެސް ބޭނުން ކުރަމުންދާ ވިލާ ރޫފިންގް ޝީޓްގެ އާ އުފެއްދުމެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް-ކޯޓިންގް ގެ ވިލާ ރޫފިންގް އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ވިލާ ރޫފިންގްއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު، އަދި އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ކޮލެޓީ ޓިނެކެވެ.

ވިލާ ރޫފިންގް ޝީޓްތަކަކީ، އާއްމު ފުރާޅު ޝީޓްތަކަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓްކެވެ.

ޒަމާނީ މެޝިނާއި ވިލާ ރޫފިންގް ކަސްޓަމަރުން ބޭނުންވާ މިނަކަށް ޑެލިވަރީ ކޮށްދެއެވެ. އަދި ވިލާ ރޫފިންގް މާލެ، ހުޅުމާލެގެ ގެތަކުގެ އިތުރަށް ދޯންޏާއި ހަމައަށް ޑެލިވަރީކޮށްދޭނެއެވެ. މީގެ އިތުރުން ތިލަފުށީގައި ހުންނަ ފެކްޓްރީން އޯޑަރުވެސް ނަގައެވެ.

މިހާރުވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ޝީޓްތައް ބޭނުންކޮށްގެން ގޭގެ ފުރާޅުތައް ހަދާ ކަން ފާހަގަކޮށްލެވެއެވެ.

ވިލާ ރޫފިންގް އަކީ 'ހޮޓް ރޯލް ފޯމް ޕޮރެސް' ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ އެއްޗެކެވެ.

ސައުދީއަރަބިއްޔާއިން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިންގް ޝީޓުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިނާއި ސައިޒަކަށް ތައްޔާރުކޮށްލެވޭނެއެވެ.

މި ރޫފިންގް ޝީޓުތަކުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެއެވެ. ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިޓް އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިންގް ޝީޓުތަކަކީ އައި އެސް އޯ ސެޓްފިކެޓް ވެސް ހާސިލްކޮށްފައިވާ ބްރޭންޑްއެކެވެ.                                                     

އެންމެ ފާހަގަ ކޮށްލެވޭ ފައިދާތަކުގެ ތެރޭގައި މި ރޫފިންގް ޝީޓުތަކުގައި 'އެންޓި ކެޕިލަރީ' ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިކި ނުޖަހާނެއެވެ. މިއީ ވިލާ ހަކަތަ އިން ދެކޭ ގޮތުގައި ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެކެވެ.

މީގެ އިތުރުން ގިނަ ވަގުތު އަލިފާން ހިފުމުގެ ސަބަބުން ލިބޭ ގެއްލުންތަކުންވެސް މި ރޫފިންގ ޝީޓުތަކުން ހިފަހައްޓާނެއެވެ.  އަދި މިއީ އެހެނިހެން ރޫފިންގް ޝީޓުތަކަށްވުރެ ބޮޑަށް ލޮނުގެ އަސަރުން ދަބަރުޖަހާ، ދަގަނޑު ހަލާކުވާ މިންވަރު ކުޑަ ކޮއްދޭނެ ރޫފިންގް ޝީޓުތަކެކެވެ.               

ވިލާއިން ތައާރަފް ކޮށްފައިވާ ރޫފިންގް ޝީޓުތައް ލިބެން ހުންނާނީ ވިލު ނޫ، ޒިންކް، ގަދަ ނޫ އަދި ފެހި ކުލައިން ކަމަށް ވިލާ ހަކަތައިން ބުނެއެވެ. 

މިރޫފިންގް ޕްރޮޑަކްޓްސް ވިލާއިން ތައާރަފް ކޮށްފައިވަނީ ބޮޑު ޑިސްކައުންޓަކާއި އެކުއެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 އިންސައްތަ ޑިސްކައުންޓް ލިބޭއިރު މި ޕްރޮމޯޝަން މި އަންނަ މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ފިހާރަ އިން ބުނެއެވެ.                             

ވިލާގެ ރޫފިން ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ފަސޭހަ ގޮތެއްގައި އޯޑާ ވެސް ކޮށްލެވޭނެއެވެ. އެގޮތުން 7236464 ނަންބަރަށް ވައިބާ ނުވަތަ ގުޅޭނެއެވެ.  [email protected] އަށް އީމެއިލް ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.