ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒް --
ހަބަރު
24 Jan 2023 | 15:25
އަލީ ޒައިދު އަށް ޢަލީ ރަމީޒު ނަސޭހަތް ލައިދީފީ

ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލީ ޒައިދު އަށް ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒު ނަސޭހަތް ލައިދީފީއެވެ. 

އަލީ ޒައިދު ޓެގް ކުރައްވައި އަލީ ރަމީޒު މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، މުސްލިމުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށް އަލީ ޒައިދަށް ނަސޭހަތް ތެރިވެފައެވެ. 

"މީހުން ލައްވައި އަވަގުރާނަ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީތަކާއި، ޓްވީޓްތައް ކޮށް ނުހަދާށެވެ. ޢިލްމުވެރިންނަކީ އަބަދުވެސް މީސްތަކުންނަށް ނަސޭހަތްތެރިވާ ބައެކެވެ. އިސްލާހުވާށެވެ." އަލީ ޒައިދަށް ނަސޭހަތްތެރިވެ އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 

އަލީ ރަމީޒު މިފަދައިން ވިދާޅުވެ އަލީ ޒައިދަށް ނަސޭހަތްތެރިވެފައި މިވަނީ، މިފަހަކަށް އައިސް، ފުލު ފުލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން މީހުންނަށް ޖެއްސުން ކުރުމުގެ މޭރުމުން ޒައިދު ޓުވީޓް ތަކެއް ކުރައްވަމުން ގެންދިޔުމުން ކަމަށް ބެލެވެއެވެ. 

އެގޮތުން، އިދިކޮޅު ޕީޕީއެމަށް ސަޕޯޓް ކުރާ މެންބަރުންނާއި، ސަރުކާރުގެ ބައެއް ސިޔާސަތު ތަކާއި ގުޅިގެން ޚަބަރު ތައް ފަތުރަމުންދާ ނޫހަކަށްވެސް ޒައިދު ވަނީ ޖެއްސުން ކޮށް، ފާޑުކިޔައި ގިނަ ޓުވީޓް ތަކެއް ކުރައްވާފައެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާ އަށް ވަނީ އަމާޒުވެފައެވެ. 

އަދި ޢިލްމުވެރިއްގެ މަގާމުގައި ހުރި މީހެއްގެ ފަރާތުން އެފަދައިން ޒާތީ ވުމުގެ ސިފަ ފެނުމަކީ ވަރަށް ނާތަހުޒީބު އަދި ހިތާމަހުރި ޢަމަލެއް ކަމަށްވެސް އާއްމުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ