ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/އެމްޑީޕީ
ހަބަރު
24 Jan 2023 | 16:42
ކުރީ ސަރުކާރުގައި އޮތް ބިރުވެރިކަން އަލުން ދެކެން އެކަކުވެސް ބޭނުމެއް ނުވާނެ: ރައީީސް ޞާލިހު

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ދިވެހި ރައްޔިތުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާ، އަދި އެ ބިރުވެރިކަން އަލުން ދެކެން އެއްވެސް ދިވެހި ރައްޔިތަކު ބޭނުމެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އދ. ދަނގެތި އަށް ވަޑައިގެން، އެރަށު އެމްޑީޕީ މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ 2018 ވަނަ ރާއްޖެއަށް ގެނައި ބަދަލާއި، އަމާން ކަމާއި، އަދި ތަރައްގީ ކުރިއަށް ގެންދަންވީތޯ ނުވަތަ "މަގުމަތިވެ މަޑުޖެހިފައި ތިބޭނީތޯ" ކަނޑައަޅަން ލިބޭ ފުރުސަތެއް ކަމަށެވެ. 

"މިވޭތުވެދިޔަ 4 އަހަރު ތެރޭގައި، މުޅި ރާއްޖެއަށް މި ގެނެވުނު ހަމަޖެހުމާއި، އާއްމު ރައްޔިތުންނަށް މި ގެނެސްދެވުނު ހިތްހަމަޖެހުމާއި، މިނިވަންކަން އެއީ އޭގެ ކުރީގެ 5 އަހަރު ތިޔަބޭފުޅުން ތަހަންމަލްކުރި ދަތި އުދަގޫ ތަކުން އަރައިގަތުމަށް ކުރެވުނު ކަމެއް."

"އެއްވެސް ރައްޔިތަކު، އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު، އެނބުރި އެ ދުވަސް ދެކޭކަށް ދެނެއް ބޭނުމެއް ނުވާނެ. އެ ބިރުވެރިކަން ތަހައްމަލް ކުރާކަށެއް ދެނެއް ބޭނުމެއް ނުވާނެ."

ރައީސް ޞާލިހު ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވާނީ ރަނގަޅު ސިއްހީ ޚިދުމަތް ތަކާއި، ތައުލީމު ފަދަ އަސާސީ ޚިދުމަތްތައް ރަށުން ލިބުން ކަމަށާ، އެކަން ކަން ރަށް ރަށަށް ފޯރުކޮށްދެވެން ފެށި، ކުރެވެމުންދާ ތަން މިސަރުކާރުގައި ފެންނަމުންދާ ކަމަށެވެ. 

އެހެންކަމުން، އެމްޑީޕީ ނޫން މީހުންވެސް، އެމްޑީޕީގެ މެންބަރުންނަށް އެކަން ވިސްނައިދެއްވަން އެދިލައްވަމުން ރައީސް ޞާލިހު ވަނީ ޕްރައިމަރީ ނިމިގެންދާގޮތުން "އަނެއްކާވެސް މަގުމަތި ވެދާނެ" ކަމަށް ތަކުރާކޮށް ވިދާޅުވެފައެވެ. 

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ރައީސް ޞާލިހާއި އެމަނިކުފާނުގެ ކެންޕެއިން ޓީމުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އަންނަނީ އެކި ގޮތް ގޮތުން ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން ކެންޕެއިން ކުރަމުންނެވެ.

އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ދެ ރައީސުންގެ ދެމެދުގައި އޮތް ވާދަވެރިކަމެއްގައި، ދެ ރައީސުންވެސް ރައީސް ޔާމިންގެ ނަންފުޅު ބޭނުންކުރައްވަނީ ސިޔާސީ ތާއީދު ހޯއްދެވުމަށްކަމަށް އިދިކިޅުން ދަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.