ދުންޔާ މައުމޫން---ފޮޓޯ
ހަބަރު
25 Jan 2023 | 17:31
ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ތަފާތެއް ނެތް: ދުންޔާ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ތަފާތެއް ނެތް ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ދުންޔާ ވަނީ ވެރިކަން ހިންގުމުގެ ޤާބިލު ކަމެއް އެދެބޭފުޅުންގެ ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުންޔާ ވިދާޅުވި ގޮތުގައި އެދެބޭފުޅުން ވަނީ ދަރާފައިވާ މީހުން ސަރުކާރު ހިޞާރު ކުރުމަށް ދޫކޮށްލާފައި ކަމަށެވެ. އަދި މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި އެބޭފުޅުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ދުންޔާ ވަނީ އެމްއެންޕީ ސަރުކާރެއް ހިންގާނީ ޤާބިލް މީހުންކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް ޞާލިހާއި ނަޝީދު، ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް "ހިލޭ އެހީ" ގެ ގޮތުގައި ދީފައިވާ ކަމަށް ދުންޔާ ވިދާޅުވެފައި އެވަނީ، 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުން، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް، އިބްރާހީމް ނާސީރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދެއްވި ހާދިސާއާއި ގުޅުވައިގެން ކަމަށް ބެލެވެއެވެ. 

ޖީއެމްއާރާއި އެކު އެ ވެވުނު އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި ޖީއެމްއާރު އާބިޓްރޭޝަންގެ މައްސަލައިގައި ދައުލަތުން އެ ކުންފުންޏަށް 271 މިލިޔަން ޑޮލަރު ދައްކަން ޖެހުނު އިރު، އެ ފައިސާ ދައްކާ ހަލާސްކުރީ، ކުރީގެ ރައީސް ޔާމީން ގެ ވެރިކަމުގައި، 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުގައެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް ޞާލިހުގެ މި ސަރުކާރުންވެސް އިންޑިއާއި އެކު އެތަކެއް އެއްބަސްވުމުގައި ސޮއިކޮށް އެތަކެއް ލޯނެއް އެހީގެ ގޮތުގައި ނަގާފައިވާއިރު، އެއީ ދިވެހި ދައުލަތުގެ ދަރަނީގެ ތެރެއިން އެއް ޤައުމަކުން ނެގި އެންމެ ބޮޑު ދަރަންޏަށް މިހާރު ވަނީ ވެފައެވެ. އެ ދަރަނިތައް ސަރުކާރުން ސިފަކުރަނީ އިންޑިއާއިން ދޭ އެހީގެ ގޮތުގައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.