އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު، އިބްރާހީމް ވަހީދު (އިބުރޭ)-- ފޮޓޯ/ ސަން
ހަބަރު
26 Jan 2023 | 14:33
"ރައީސް ނަޝީދު ރޭ ހުށަހެޅި ސިޓީ އަކީ ޗެއާޕާސަން އިންތިހާބުގައި އިމްތިޔާޒް ވެސް ހުށަހެޅި ސިޓީ"

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، އެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ރޭ ހުށަހެޅުއްވި ސިޓީއަކީ މީގެ ކުރިން ބޭއްވުނު ޗެއާޕާސަން އިންތިހާބުގައި، އެ އިންތިހާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ގެ ފަރާތުން ވެސް ހުށަހެޅުއްވި ސިޓީ ކަމަށް އިންތިހާބު ކޮމިޓީން ބުނެފިއެވެ. 

ރިޔާސީ ޕްރައިމަރީގެ އިންތިޚާބާއި ގުޅިގެން މިއަދު އޮތް އިންތިހާބު ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޗެއާޕާސަން ގެ ނާއިބު، އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ރައީސް ނަޝީދުގެ އެ ސިޓީ އަކީ ޕްރައިމަރީ އާއި ގުޅިގެން ފޮނުވި ސިޓީއެއް ކަމަށް ނުބެލެވޭ ކަމަށެވެ. 

"އޭގައި ތާރީޚް އިނީ 2022 ވަނަ އަހަރުގެ އޭޕްރިލް މަސް ދެއްތޯ؟ އެއީ ޕްރައިމަރީ އާއި ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަންނޭނގެ. އެއީ ހަމަ ކުރީފަހަރު، އަޅުގަނޑު ކެންޑިޑޭޓެއްގެ މެނޭޖަރަކަށް އޭރު ހުރީމަ، ޗެއާޕާސަން އިންތިހާބުގައި ވެސް ހަމަ ތި ސިޓީ ތިގޮތަށް ހަމަ ފޮނުއްވާފައި އޮތީ. އެހެން ވީމާ އެއީ ކޮންމެ އިންތިހާބަކާ ގުޅިގެން އަންނަ ސިޓީ އެއް ކަންނޭނގެ އެ ސިޓީ އަކީ." އިބުރޭ ވިދާޅުވިއެވެ. 

އިބުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ އެ ސިޓީގައި އެދިފައިިވާ ކަންކަނަ މިވަގުތު ކޮށް ދެވޭނެ ކަމަށް ހީނުވާކަމަށެވެ. 

އަދި އެ ސިޓީގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ސޮއިކުރައްވާފައިވާކަން ފާހަގަކުރައްވަމުން އިބުރޭ ވިދާޅުވީ، ހަސަންގެ ޗެއާޕާސަން ކަމުގައިވެސް އަދި އޭގެ ފަހުންވެސް އަދި މިހާރުވެސް، އެ ސިޓީގައި އެދިފައިވާ ކަންކަން ކުރަމުން އަންނަ ކަމަށެވެ. 

އެހެންކަމުން ރައީސް ނަޝީދު ގެ ޓީމުން އެދެން ވާނީ އެސިޓީގައި އެދިފައި ހުރި ކަންކަމުގެ ތެރެއިން މިހާރު ނުކުރެވި ހުރި ކަންކަމަކީ ކޮބައިތޯ އެކަންކަން ކޮށްދެއްވުމަށް ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ. 

"ދެން އޭގައި އެ އިންނަނީ ދެ ކެންޑިޑޭޓުން ސޮއި ކޮށްގެން ލިސްޓް ތައްޔާރު ކުރަން. އެ ސިޓީ އަޅުގަނޑުމެންނަށް ލިބުނީ ރޭ 9:43 ގައި. އެހާއިރު މިހާރު ހުރިހާ ލިސްޓު ތަކާއި އެއްޗެހި ޑިސްފެޗް ކޮށް ނިމިއްޖެއޭ. އެހެންވީމާ ކުރެވޭނެ ކަންތައް ތަކާއި ނޫނީ ކޮށް ނިމިފައިހުރި ކަންތައްތައް ވެސް ކުރަންވީ ކަންކަން ގޮތުގައި މި ލިޔަނީ. އެއީ 25 އޭޕްރިލް 2022 ގައި ލިޔެފައި އޮތް ސިޓީއެއް ވިއްޔާ ކޮންމެހެން ރޭގެ 9:43 ފޮނުވާނެވެސް ކަމެއް ނެތް ކަންނޭނގެ. އޮފީސް ބަންދު ގަޑިއެއްގައި." އިބުރޭ ވިދާޅުވިއެވެ.  

އިބުރޭ ވިދާޅުވީ، ރައީސް ނަޝީދު ގެ ކެންޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެންބަރުންނަށްވެސް ޕާޓީގެ ކަންކަން ކުރިއަށްދާ ގޮތް އެނގިލައްވާނެ ކަމަށާ، އަދި އެ ސިޓީގައި ލިޔެފައިވާ ގިނަ ކަންކަމަކީ މިހާރުވެސް ކުރަމުން އަންނަ ކަންކަން ކަމަށެވެ. އަދި އެ ސިޓީގައި އެދިފައިވާ ކަންކަމުގެ ތެރެއިން ޕާޓީގެ އުސޫލުތަކުގައި ހިމެނޭ ކަންކަން، އެފަދައިން ސިޓީ އެއް ނުފޮނުވި ނަމަވެސް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ބިސް ޓްރޭޑަރޒް
ރައީސް ނަޝީދު ހުރީ ސަރުބަތު ބޮއެގެން
27 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.