ރައީސް ނަޝީދު އެމްޑީޕީ ޖަލްސާއެއްގައި/ ފޮޓޯ: ވަގުތު
26 Jan 2023 | 13:53
ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ރައީސް ނަޝީދުގެ ފަރާތުން 20 ކަމެއް ހުށަހަޅައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި، ކުރީގެ  ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން 20 ކަމެއް އެމްޑީޕީގެ ޗެއާޕާސަންއަށް ހުށަހަޅައިފިއެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ރައީސް ނަޝީދު ފޮނުވި ސިޓީގައި ވަނީ، ޕްރައިމަރީގެ ވޯޓުލުން ސައްހަކަމާއެކު ކުރިއަށް ދިއުމަށްޓަކައި ފުރިހަމަވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ސިޓީގައި ފާހަގަ ކޮށްފައި ވަނީ، ވޯޓުލާ ހުރިހާ މަރުކަޒެއްގައިވެސް ހާމައަށް ފެންނާނެހެން ދެ ކެންޑިޑޭޓުން ސޮއިކޮށްފައިވާ، އެ ފޮއްޓަކަށް ވޯޓު ހައްޤުވާ މީހުންގެ ލިސްޓެއް ބަހައްޓަން ޖެހޭ ކަމާއި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި އެ ފޮއްޓަކަށް ލިބުނު ވޯޓު ކަރުދާސްތައް ގުނާ ޖުމުލަ އަދަދު ހާމަކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ފާހަގަ ކޮށްފައިވާ ކަންކަމަކީ، ވޯޓުލާން ދާ މީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު އެ މަޢުލޫމާތު ބާރަށް އިއުލާން ކުރުމާއި ވޯޓުލާ މަރުކަޒު ތެރެއަށް ފޯނު ނުވެއްދުމާއި ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ނިޝާނަކީ ނުފޮހެވޭ ދެއްޔަކުން ޖަހާ ނިޝާނަކަށް ހެދުމަށާއި، ވޯޓުލުމުގެ ކުރިންވެސް އަދި ފަހުންވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގުން މަނާކުރުމާއި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުން މަނާ ކުރުމާއި ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން ކުރަހާފައި ނުވަތަ ލިޔެފައިވާނަމަ ވޯޓު ބާތިލު ކުރުމެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެހެން ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން:

* ވޯޓުގެ ނަތީޖާ ޝީޓު ވަކި ސިޓީ އުރައެއްގައި ބަންދުކޮށް ސީލް ޖަހާ އެ ސީލުގައި ސޮއިކޮށްފައި އޮތުން

* ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓް ކަރުދާހާއި ބާކީ ހުރި ވޯޓް ކަރުދާސްތައް ލާފައިވާ ސިޓީ އުރަ ކެންޑިޑޭޓުންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން

*ލިޔުމުންނާއި އީމެއިލުންނާއި ފޯމުންނާއި ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާއި ބެހޭ ޝަކުވާތައް އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު އޮތުން

*ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓް ޖެނުއަރީ 26 ވަނަ ދުވަހު ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖެއްސުން

*ވޯޓްލާންދާ މީހާގެ އައިޑީ ކާޑާއި މެދު ޝައްކުވެއްޖެ ނަމަ އޮބްޒާވަރުންނަށް އައިޑީ ކާޑު ދެއްކުން

*ވޯޓް ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ އަދަދު ވޯޓުލާ މަރުކަޒުގައި އިއުލާން ކުރުން

*ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާން ކުރުން މިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.