ރައީސް ޞާލިހު އައްޑޫގައި އޮތް އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
27 Jan 2023 | 06:26
ފާއިތުވި 40 އަހަރު ނުކުރާހާ ގިނަ ކަންކަން މިދަނީ ކުރަމުން: ރައީސް ޞާލިހު

ފާއިތުވި 40 އަހަރު ނުހިންގާ ގިނަ މަޝްރޫއުތައް ވެރިކަމުގެ 4 އަހަރުގެ ތެރޭގައި ކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ނިންމަވާލެއްވުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން މިހާތަނަށް ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ޚުލާސާ ގޮތެއްގައި އަލިއަޅުވާލައްވާފަ އެވެ. 

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރަން ފަށާފައި ހުރި މަސައްކަތްތަކަށް ބަލާއިރު ހަމައެކަނި ބަނދަރު ރަށްރަށުގެ ލަފާ ފުރުން ހައްލުކުރުމަށް 83 ރަށެއްގެ ބަނދަރު މަޝްރޫއު ކުރިއަށް އެބަދޭ. އޭގެތެރެއިން މިހާތަނަށް 47 މަޝްރޫއެއް ނިމި ބޭނުންކުރެވެން ފަށައިފި"

ރައީސް ޞާލިހު

އެމަނިކުފާނު ވިދާޅުވީ 139 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ދައުރު ނިމެންވާއިރަށް ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުރިހާ ރަށެއްގައި ނިންމާ ޚިދުމަތްދޭން ފެށުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

ރައީސް ޞާލިހު ވިދާޅުވީ މަގު ހެދުމުގެ 36 މަޝްރޫއެއް މި ސަރުކާރުން ފަށާފައިވާކަމަށެވެ. އޭގެ އިތުރުން މި ސަރުކާރުން ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 16000އަށް ވުރެ ގިނަ ފްލެޓާއި ހައުސިން ޔުނިޓާއި ގޯތި ދިނުމުގެ މަޝްރޫއު ފަށައިގެން ކުރިއަށް ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"މާލެ ސަރަހައްދުގައި 7000އަށްވުރެ ގިނަ ފްލެޓު އަދި 5000އަށް ވުރެ ގިނަ ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ.. ހަވާލުކުރެވިއްޖެ.. އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް މޭޔަރު މިހާރު ވަނީ އިއުލާނު ކުރެވިފަ"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ މި ސަރުކާރުން ރަށްތައް ތަރައްގީ ކުރާ ވާހަކަ ދައްކަވަނީ ހަމައެކަނި ސަރުކާރުގެ އިސް ވެރިން ނޫން ކަމަށެވެ. ކެމްޕޭނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް އިވިލެއްވި އަޑަކީ މި ސަރުކާރުން ރަށްތަކަށް ގެނެސްދެއްވާ ތަރައްގީގެ ވާހަކަތައްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

އެއާއެކު ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުން މިހާރު ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށް ދާން ކަމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.