ރައީސް ޞާލިހު އައްޑޫ ސިޓީގައި އޮތް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
27 Jan 2023 | 11:08
ރާއްޖެއިން ބޭރުކުރާ މަހުގެ ޑިއުޓީ "ވަރަށް އަވަހަށް" ކަނޑާލާނެ: ރައީސް ޞާލިހު

ދިވެހިރާއްޖެއިން ބޭރުކުރާ މަހުން ނަގާ ޑިއުޓީ ވަރަށް އަވަހަށް ކަނޑާލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އޮތް އެމަނިކުފާނުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖެއިން ޔޫރަޕަށާއި އިނގިރޭސި ވިލާތަށް ބޭރުކުރާ މަހުން މިހާރު 24 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުންދާ ކަމަށެވެ.

އިންޑިއާ ކަނޑުގެ ގިނަ ގައުމުތަކުން މި ޑިއުޓީ ދައްކަން ނުޖެހޭއިރު، ދިވެހިރާއްޖެއިން ބޭރު ކުރާ މަހުން ޑިއުޓީ ދައްކަން ޖެހުމަކީ މަސްވެރިކަމުގެ ސިނާއަތަށް އޮތް ގޮންޖެހުމެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ޔޫރަޕާއި އިނގިރޭސި ވިލާތަށް ބޭރުކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލިކަމުގެ އިއުލާނު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ. 

"އަޅުގަނޑަށް މިހާރު ޔަގީންކަމާއެކީގައި ދަންނަވަން ކެރޭ ވަރަށް އަވަހަށް... ވަރަށް ވަރަށް އަވަހަށް އެ ޓެކްސް ކަނޑާލިކަމުގެ އިއުލާނު ތިބޭފުޅުންނަށް ލިބިގެންދާނެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

އައްޑޫ ސިޓީގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓު ކުރެވިފައިވާކަމަށެވެ. 

މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކުރުވެނޭ ގޮތަށް ކެޕޭސިޓީ 4 ގުނައަށް ބޮޑުކުރުމުގެ މަސައްކަތްކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ  ހުޅުމީދޫގެ މަސް ފެކްޓްރީގައިވެސް ޖާގަ ޑަބަލް ކުރެވެން ހުރިކަމަށެވެ. މަސްވެރިންނަށް ލުއި ފަސޭހަކޮށްދީ މަސްވެރިން ބާނާ މަސް ކިރުމަށް މިފްކޯއިން އާ 3 ބޯޓުވެސް ވަނީ ގަނެފައެވެ. އަދި އެ ބޯޓުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.