ފޮޓޯ: ގޫގުލް
ހަބަރު
27 Jan 2023 | 13:35
ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް: ޚުތުބާ

الله ސުބުޙާނަހޫވަތަޢާލާ މީސްތަކުން މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. 

“ޒަކާތަކީ އިސްލާމްދީނުގެ ރުކުނެކެެވެ" މައުޟޫއަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި ހަމަކޮންމެ މީހަކުމެ ތިމާގެ މުދަލުން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ.
“ ތަނަވަސްކަން ދެއްވާފައިވާ މީހާ ތިމާގެ މުދަލުން ނެރެންޖެހޭ ޒަކާތް އަދާނުކޮށްފިނަމަ ގަދަފަދަވެގެންވާ އަޒާބު ގިޔާމަތް ދުވަހުން ލިބޭނެކަން ބަޔާންކުރައްވާ މާތްالله ވަހީ ކުރައްވާފައިވެއެވެ.އަދި ރަނާރިހި ހަޒާނާކޮށް الله ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން ދަންނާށެވެ. ފަހެ ވޭންދެނިވި އަޒާބު ހުރި ކަމުގެ ހަބަރު އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! ( އެގޮތުގެ މަތިން އެމީހުން އެއްކުޅަ ރަންރިހީގެ ހަޒާނާ) އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާ، ބުރަކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. ( އަދި އަންގަވާނެތެވެ ) މިހިރީ، ތިޔަބާ މީހުންގެ އަމިއްލަ ނަފުސަށްޓަކައި ތިޔަބައިމީހުން އެއްކޮށް ހަޒާނާކުޅަ ތަކެއްޗެވެ! ފަހެ ތިޔަބައިމީހުން ހަޒާނާކޮށް އުޅުނު ތަކެތީގެ ރަހަދެކޭށެވެ”. ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ތަނަވަސްކަމާއި، ރޯދިބަރަކާތް މާތްالله ދެއްވާފައިވަނީ، އެކި މީހުންނަށް އެކި މިންވަރަށް ކަމަށެވެ. އަދި އެކަމުގައި މަތިވެރިގެންވާ އިލާޙީ ޙިކުމަތްތަކެއް ވާ ކަމަށާ الله އިރާދަކުރެއްވި ނަމަ އެންމެންނީ އެއްވަރެއްގައި ތަނަވަސް ބަޔަކު ކަމުގައި ލެއްވީސް ކަމަށެވެ. 

އެހެން ނަމަވެސް އެކަލާނގެ މީސްތަކުން މެދުގައި ރިޒުޤު ބައްސަވާފައިވަނީ، އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނޭ ފަދަ ގޮތަކަށް ކަން ފާހަގަކޮށް ޚުތުބާގައި ވަނީ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމަށް މާތް الله އަމުރުކުރައްވާފައިވާކަން ހަނދުމަ ކޮށްދީފައެވެ. 

"އަދި ތަނަވަސްކަމުގެ އަހުލުވެރިންގެ މުދަލުން ޒަކާތް ނެންގެވުމަށް އެކަލާނގެ ރަސޫލާ އަށްވަނީ އަމުރު ކުރައްވާފައެވެ. ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. “އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ތާޙިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަގާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ.”" ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖަޕާނަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ޖަޕާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.1 ގެ ބާރުގަދަ ބިންހެލެއް އަތުވެއްޖެއެވެ. މި ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު، އެ ޤައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން މިހާރު ވަނީ ކަނޑާލައިފައެވެ.
28 Jul 2026
ސްޕޯޓްސް ކޯޕަރޭޝަން އުވާލިއިރު، ގެއްލުން 43 މިލިއަން ރުފިޔާއަށްވުރެ މަތީގައި
ޕޯޓްސް ކޯޕަރޭޝަން އުވާލާފައިވަނީ އެކުންފުންޏަށް ލިބެމުންދިޔަ ގެއްލުންތަކާއެކު، ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ނެތުމުގެ ސަބަބުންނެވެ.
28 Jul 2026
އެސްބީއައިގެ ލޯނެއް ނުދައްކައިގެން ނ. މާވެލާވަރު ވިއްކާލަނީ
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އަތަމާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ނ. މާވެލާވަރު، 111.6 މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިއްކާލުމަށް އިޢުލާންކޮށްފިއެވެ.
28 Jul 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
ނިމިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންއަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާތީ، އެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.