ޕީއެންސީ ރަޖިސްޓަރކޮށްދޭން ގާސިމް ކަމަރު ބަނދެފި

24 Jan 2019 | 11:14

24ގަޑިއިރު މަޖިލިސް ހުޅުވައިގެން ކަމުގައިވިޔަސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ރެޖިސްޓްރީ ކޮށްދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރޭ ޖުމްހޫރީ ޕާޓީގެ މައިޖަގަހަ ކަމުގައވާ ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ޒާތީވެގެން އީސީން ޕީއެންސީ ރަޖިސްޓަރނުކޮށްދީގެން ނުވާނެކަމަށާއި، އެޕާޓީ ރަޖިސްޓަރ ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ.

އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްގެންވެސް ޕީއެންސީ ރެޖިސްޓްރީ ކޮށްދޭނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަމަށް 24 ގަޑިއިރު މަޖިލިސް ހުޅުވައިގެން މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެކަންވެސް ކުރައްވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކޯލިޝަން ޕާޓީތަކުގެ ތެރެއިން އެމްޑީޕީއާއި ދުރުން މަސައްކަތް ކުރަމުންދާ ޕާޓީއަކީ ހަމައެކަނި ޖުމްހޫރީ ޕާޓީކަން ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް