އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު: ފޮޓޯ/ މަޖިލިސް
ހަބަރު
29 Jan 2023 | 16:03
ރައީސް މައުމޫން އިންތިޚާބު ކާމިޔާބު ކުރެއްވީ މާ މަދު ސިޔާސީ މަގާމު އުފައްދައިގެން: ވަހީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ބާއްވަމުން އައި އިންތިހާބެއްގައި އެމަނިކުފާނު 93 އިންސައްތަ ހޯއްދެވީ މާ މަދު ސިޔާސީ މަގާމުތައް އުފައްދަވައިގެން ކަމަށް ވިދާޅުވެ، ރ.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އާއި އެ އިންތިޚާބާއި، އަޅައިކިޔުއްވައިފިއެވެ. 

ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ރައީސް މައުމޫނު އެކުގައި ތިއްބެވި ފޮޓޯއަކާއި އެކު ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން މާ މަދު ސިޔާސީ މަޤާމުތަކަކާ، މާ މަދު ކުންފުނިތަކަކާ، މާ ކުޑަ ބަޖެޓަކާ، މާ މަދު މީޑިޔާގެ ވަސީލަތްތައް ބޭނުންކުރައްވައިފެން އިންތިހާބުތަކުގައި 93 އިންސައްތަ ނެންގެވިކަމަށެވެ.

އެކަމަކު އެއީ އިންސާފުވެރި އިންތިހާބުކަމަށާ ޑިމޮކްރެސީ ކަމަށް އެކަކުވެސް ގަބޫނުކުރާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ރައީސް ޞާލިހަށް 61 އިންސައްތަ ވޯޓު ލިބިލެއްވި އިރު އެމަނިކުފާނާއި ވާދަކުރެއްވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ.

އިންތިހާބުގެ ކެމްޕެއިން ފެށުނީއްސުރެ ވެސް ނަޝީދުގޭ ފެކްޝަނުން ވަނީ، ރައީސް ޞާލިހު ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވާފައެވެ.

އެގޮތުން، ދައުލަތުގެ މީޑިއާ ބޭނުން ކޮށްގެން ކެންޕެއިން ކުރެއްވުމާއި، ސަރުކާރުގެ ކުންފުނިތަކުން އިއުލާން ނުކޮށް މީހުންނަށް ވަޒީފާތައް ދިނުމާއި އަދި ސިޔާސީ މަގާމުތައް އުފެއްދުން ފަދަ ކަންކަން ކުރައްވަމުންދާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އަދި އިއްޔެގެ އިންތިހާބުވެސް ގަޑުބަޑުކޮށް، ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުގައި ވޯޓުލީ މީހުންގެ ޖުމްލަ އަދަދާއި ފޮއްޓަށް ވޯޓުލެވޭނެ މީހުންގެ އަދަދު ދިމާނުވާކަން ނަޝީދުގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ. އެކަންތައްތަކަށް ރިއާޔަތްކުރައްވައި ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފޮށިތަކުގެ ނަތީޖާ އެހެން ކަމުން ބާތިލުވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.