ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު--
ހަބަރު
30 Jan 2023 | 10:56
ރައީސް ނަޝީދު ބަލި ޤަބޫލުކުރައްވައިފި؛ ރައީސް ޞާލިހަަށް ތާޢީދެއް ނުކުރެއްވި

އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބު ކުރައްވައިފިކަމަށް ވިދާޅުވެ، މި ޕްރައިމަރީގައި ވާދަކުރެއްވި އެމް.ޑީ.ޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަލި ޤަބޫލުކުރައްވައިފިއެވެ.

ރައީސް ނަޝީދު ބަލި ގަބޫލު ކުރައްވައި ރައީސް ޞާލިހަށް ތާއިދު ނުކުރައްވާކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް މިއަދު ހެނދުނު ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ގެ މެސެޖުގައި އެމަނިކުފާނު ވަނީ، ޕްރައިމަރީގެ ވޯޓުލުމުގައި ހިނގާފައިވާ އޮޅުވައިލުންތައް އެއްކިބާކޮށްފިނަމަ ރައީސް ޞާލިހަށް ލިބުނުކަމަށް ބުނާ ވަރަށް ގިނަ ވޯޓުތައް އުނިވާނެ ކަމަށެވެ.

"އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް.،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއާއެކު އެމަނިކުފާނު ވަނީ، ރައީސް ޞާލިހާއިއެކު ގޮސް އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

މީގެ އިތުރުން، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވަން އަދި ނުވިސްނަވާކަން ހާމަކުރައްވައި ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެމަނިކުފާނު ހުށަހަޅުއްވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެންޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ އެޕާޓީން ވަކި ކުރި 39،000 އަށް ވުރެ ގިނަ މީހުން އަލުން އެމްޑީޕީއާ ގުޅި އެމީހުންނާއެކު އެ ޓީމަށް ފެންނަ ގޮތް ނިންމުމަށްކަމަށެވެ.

އަދި 'ފިކުރެއްގެ ދިރުން'ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ ފަހުންކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިއަށް ޕާލިމަންޓަރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެނޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެނޑިޑޭޓެއްކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އެމަނިކުފާނު ތާޢީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު ރިޔާސީ ޓިކެޓް ކަށަވަރުކުރައްވާފައިވަނީ ވޯޓުލީ މީހުންގެ %61 ވޯޓާއެކުއެވެ. އެއީ 24،572 ވޯޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތީ %39 ވޯޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.