ހުޅުމާލޭ ހުންނަ ހެޔޮ ފިހާރަ 2
ވިޔަފާރި
30 Jan 2023 | 17:14
ޖީއެސްޓީ ބޮޑުވިޔަސް ހެޔޮ ފިހާރައިން ވިއްކާ މުދަލުގެ އަގުތައް އަނެއްކާވެސް ވީ ހެޔޮ!

މި ޖަނަވަރީ މަހުގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރެވިފައިވީ ނަމަވެސް، މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ފިނިކުރި މުދާ ވިއްކަމުންދާ ހެޔޮ ފިހާރައިން ލިބެން ހުރި ބާވަތްތަކުގެ މުދަލުގެ އަގުތައް އަނެއްކާވެސް ހެޔޮ ކޮށްފިއެވެ.

ހެޔޮ ފިހާރައިގެ ސޭލްސް އެންޑް މާރކެޓިން މެނޭޖަރ އައިޝަތު އާމާލް ވިދާޅުވީ، އެ ކުންފުނިން ވިއްކާ ހުރިހާ ބާވަތެއްގެ ފިނިކުރި އެއްޗެހި ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ދާކަމަށެވެ. 

ވަކިން ޚާއްސަކޮށް، މިހާރު ކުރިއަށްދާ ބޯންލެސް ޕްރޮމޯޝަންގެ ދަށުން ބޯންލެސް ޗިކަން އެތައް ގުނައެއް އަގުހެޔޮ ވެފައިވާއިރު، މިއީ މާލޭގައި މިވަގުތު އެންމެ ހެޔޮ އަގުގައި ބޯންލެސް ލިބެން ހުންނާނެ އަގު ކަން އާމާލް ފާހަގަކުރެއްވިއެވެ. 

"މިހާރުއަނެއްކާވެސް މިވަނީ ފިހާރައިން ވިއްކާ ފިނިކުރި ކުކުޅާއި، ބޯންލެސް ޗިކަން އާއި، އެހެން ފިނިކުރި އެއްޗެހި ބޮޑު ތަނުން ހެޔޮ ކޮއްފަ." އާމާލް ވިދާޅުވި އެވެ. 

ހެޔޮ ފިހާރައިން މިވަގުތު ގަންނަން ލިބޭ ބޯންލެސް ޗިކަން އަދި މޮޒަރެއްލާ ޗީސްގެ އަގުތައް: 

• ކުރިން 1600ރ. ވިއްކި 9.6 ކިލޯ ގެ މޮޒަރެއްލާ ކޭސް މިހާރު 1568ރ. އަށް

• ކުރިން 960ރ. ވިއްކި 2ކިލޯ ގެ ބޯންލެސް މިހާރު 860ރ. އަށް 

ހެޔޮ ފިހާރައިން މިވަގުތު ގަންނަން ލިބޭ ކޮށިކުކުޅުގެ އަގުތައް:

• ކުރިން 570ރ. ވިއްކި1000ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 470ރ. އަށް

• ކުރިން 670ރ. ވިއްކި 1200ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 563ރ. އަށް

• ކުރިން 770ރ. ވިއްކި 1400ގ ގެ ކޮށި ކުކުޅު ކޭސް މިހާރު 645ރ. އަށް

ހެޔޮ ފިހާރައިން ލިބެން ހުރި ކޮށި ކުކުޅު 

ހެޔޮ ފިހާރައިން މިވަގުތު ގަންނަން ލިބޭ ނުކޮށާ ކުކުޅުގެ އަގުތައް:

ހެޔޮ ފީހާރައިން ވިއްކަމުންދާ ކުކުޅު ކޭހުންވެސް، ކޭހަކުން 90ރ ވަނީ ކުޑަކޮށްފައެވެ.

• ކުރިން545ރ. ވިއްކި 1000ގ ގެ ކުކުޅު ކޭސް މިހާރު 450ރ. އަށް

• ކުރިން 650ރ. ވިއްކި 1200ގ ގެ ކުކުޅު ކޭސް މިހާރު 532ރ. އަށް

• ކުރިން 740ރ. ވިއްކި 1400ގ ގެ ކުކުޅު ކޭސް މިހާރު 614ރ. އަށް

އާމާލް އިތުރަށް ވިދާޅުވީ ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކުގެ އިތުރުން ފިނި ކުރި އެހެން ބާވަތްތައް އަގުހެޔޮކޮން އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ އަބުދުވެސް ހާއްސަ ސަމާލުކަމެއް ދީގެން ރީޓެއިލް ކޮން ކުކުޅު ގަންނަ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި، ފިނި ކުރި ސާމާނު ފޯރުކޮށްދިނުންމަކީ އެ ފިހާރަގެ އަމާޒެކެވެ. 

ހެޔޮ އިންވެސްޓުމަންޓުގެ ދަށުން ހިންގާ ހެޔޮ ފިހާރަ އަދި ހެޔޮފިހާރަ 2 ކުން ލިބެން ހުރި ބާވަތްތަކުގެ ތެރޭގައި ޗިކަން ތައި، ޗިކަން ވިންގްސް، ކޮށި ކުކުޅު، ޗިކަން ފިންގާސް، ޗިކަން ބާގަރ، ސޮސެޖް، ނަގެޓްސް، ޗިކަން ޑްރަމްސްޓިކް، ބޯންލެސް ޗިކަން، ފްރެންޗް ފްރައިސް، ކުކުޅު ކުރަނޑި، ބީފް، މަޓަން، މިކްސްޑް ތަރުކާރީ، ކޮލިފްލާވަރ، ބްރޮކޮލީ، މޮޒަރެއްލާ ޗީޒް، ގްރީން ޕީސް، ސްވީޓް ކޯން ފަދަ ބާވަތްތައް ހިމެނެއެވެ. 

ހެޔޮ ފިހާރަ އިން ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް މުދާ ލިބިވަޑައިގަންނަވާނެއެވެ. އަދި ބޯޓު ފެރީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް އެ ފިހާރައިން މުދާ ޑެލިވަރީކޮށްދޭނެއެވެ. އޭގެ އިތުރުން މާލޭގެ ކެފޭ އަދި ރެސްޓޯރެންޓުތަކުންވެސް އޯޑަރުކޮށްލުމުން މުދާ ޑެލިވަރީކޮށްދޭނެއެވެ.

ހެޔޮ ފިހާރައިން ލިބެން ހުންނަ ބާވަތްތައް އެ ފިހާރައިގެ ވެބްސައިޓު heyofihaara.com އަދި ފޭސްބުކު ޕޭޖު މެދުވެރިކޮށް ބަލާލެވެން ހުންނާނެއެވެ. 

ބޭނުންފުޅުވާއެއްޗެއް ބައްލަވައިގަތުމަށް ފިހާރައަށްވެސް ވަޑައިގެންނެވޭނެއެވެ. އަދި ހެޔޮ ފިހާރައިގެ ނަންބަރ 9639444 ނުވަތަ ހެޔޮ ފިހާރަ 2 ނަންބަރ 9305811 އަށް ގުޅުއްވައިގެން ނުވަތަ ވައިބަރ މެދުވެރިކޮށްވެސް އޯޑަރު ދެއްވޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.