ރައީސް ނަޝީދު ގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ފިކުރެއްގެ ދިރުން ކެންޕެއިން ޓީމް
ހަބަރު
30 Jan 2023 | 15:21
އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގޮފި އުފެއްދުން ނުހުއްޓުވޭނެ: ރައީސް ނަޝީދު

އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގޮފި އުފެއްދުން ނުހުއްޓުވޭނެ ކަމަށާ އެކަމަށް ޕާޓީގެ ގަވައިދުތައްވެސް ތަންދޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކެންޕެއިން ކޮށްދިނުމުގައި ހަރަކާތްތެރިވި ޓީމާއި ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ ޕްރައިމަރީގެ އިންތިޚަބަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް، އެ ޕާޓީން ތައްޔާރު ކޮށްފައިވަނީ 39,000 އެމްޑީޕީގެ މެންބަރުން ވަކިކުރުމަށް ފަހުގައި ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލެއްވީވެސް އެކަން އެނގި ހުރެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު، އެ 39,000 މެންބަރުންނަށް ވޯޓު ލެވޭ ގޮތައް އޮތް ނަމަ، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކުރެވުމުގެ ފުރުޞަތު ބޮޑުވީސް ކަމަށެވެ. 

ރައީސް ނަޝީދު ގެ ކެމްޕެއިން ޓީމާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ފިކުރެއްގެ ދިރުން ކެންޕެއިން ޓީމް

މިއާއެކު ރައީސް ނަޝީދު ވަނީ، އެމްޑީޕީގެ ޓިކެޓްގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރިޔާސީ އިންތިހާބު ވާދަ ކުރެއްވި ނަމަވެސް އެމަނިކުފާނަށް އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ ޕާޓީން މިކަމާއި ފުންކޮަށް ވިސްނާލުމަަށް. އަޅުގަނޑު ހުށަހަޅަނީ ޕާޓީގެ "ފިކުރެއްގެ ދިރުން" ގޮތްޕަށް 50,000 މެންބަރުން ވަންނަން. އަޅުގަނޑަށް ފެންނަނީ ކޮންމެ ރަށެއްގައިވެސް މިސާލަކަށް ފިކުރެއްގެ ދިރުން 1,2,3,4، ހަތަރު ގޮފި ފަސް ގޮފި ވިޔަސް ކޮންމެ ރަށެއްގައިވެސް، މި ފިކުރުގެ ބައިވަރު ގޮފި އަޅުގަނޑުމެން އުފައްދައި، 50,000 މީހުން އަޅުގަނޑުމެން ގެ ފިކުރުގައި، އެ ގޮތްޕެއްގައި ހިމެނޭ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމް ވާން." ރަށްރަށުގައި ފިކުރެއްގެ ދިރުން ގޮފި އުފެއްދުމަށް ނިންމަވާފައިވާ ކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. 

އަދި އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށާ، އެމަނިކުފާނު ދަންނަ ޕާޓީ އަކީވެސް އެމްޑީޕީގެ އެކަނިކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.

މިއާއެކު ނަޝީދު ވަނީ، ވަކި ގޮތްޕެއް ހެދުމަށް ޕާޓީގެ ގަވާއިދު ޖާގަ ނުދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވި ވާހަކައަށް ރައްދު ދެއްވާފައެވެ. އެގޮތުން، ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކޭގޮތުގައި، އެމްޑީޕީ ތެރޭގައި "ފިކުރެއްގެ ދިރުން" އަށް އިންތިޒާމް ވެވޭނެ ކަމަށާ، ޕާޓީގެ ގަވައިދު ތަކާއި އުސޫލުތައްވެސް އެކަމަށް ޖާގަ ދޭނެ ކަމަށެވެ. 

"އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުން" ގޮފިތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މެންބަރުންނަށް އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.