އިދިކޮޅުން މާލޭގައި ބޭއްވި "ހަރާން ހުކުމް" ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Jan 2023 | 17:54
ރައީސް ޔާމީންގެ ސަޕޯޓަރުންގެ "ބުންވަރު" ދައްކާލަން ހުކުރު ދުވަހު ނިކުންނަނީ

ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މާލޭގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ނިންމައިފި އެވެ. 

މި ހަރަކާތަށް އިދިކޮޅުން ދީފައިވާ ނަމަކީ "ބުންވަރު" އެވެ. 

އިދިކޮޅު ކޯލިޝަނުން މި ހަކަރާތް އިއުލާނުކޮށްފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 2-4 އަށް އެ ކޯލިޝަނުން މާލޭގައި ބާއްވާ ގައުމީ ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިއުލާނުކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ. 

އެގޮތުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ 3 ފެބުރުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި މާލޭގައި މި ހިނގާލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

މި ހިނގާލުމުގައި ޕީޕީއެމްގެ "ހޯޕް" ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މާލެ ކައިރި ސަރަހައްދުތަކުން އާދެވެން ތިބި އެންމެން މި ހިނގާލުމުގައި ބައިވެރިވުމަށް ވަޑައިގަތުމަށް ޝުޖާއު ވަނީ އެދިލައްވާފަ އެވެ. 

އިދިކޮޅުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން

މި ހިނގާލުމާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް ވިދާޅުވީ ހިނގާލުން ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ފުލުހުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ އެއްބާރުލުން މި ހަރަކާތަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

"މި ހިނގާލުން ކުރިއަަށް ގެންދާނީ ޕޮލިހުންނާއި ކޯޑިނޭޓު ކުރެވިގެން މަޖީދީމަގުން ހިނގާފައި ގޮސް، އެނބުރި މަޖީދީމަގުން ޕާޓީ އޮފީސް ދޮރުމައްޗަށް ނިންމާލާނީ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިހެން ހިންގާ ބޮޑެތި ހަރަކާތްތައް ޕޮލިހުންނާއި އެކު މަޝްވަރާ ކުރެވިގެން އަބަދުވެސް ކުރިއަށް ދަނީ، އަދި ޕޮލިހުން އެ ހުއްދަދޭ ގޮތްތަކެއްގެ މައްޗަށް، އެ ހުއްދައިގެ ދަށުން އަމުރުތަކަށް ބޯލަނބައިގެން ކުރިއަށް ގެންދަނީ.."

ޕީޕީއެމްގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް 

ބުންވަރު ހިނގާލުމުގެ ޕޯސްޓަރު/ ފޮޓޯ: ޕީޕީއެމް 

މުހައްމަދު އިސްމާއިލްވެސް ވަނީ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ވައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. 

ބުންވަރު ހިނގާލުމަށްފަހު "ދުއްޕާން" ޖަލްސާ

އިދިކޮޅު ކޯލިޝަން ވަނީ އެ ކޯލިޝަނުން ބާއްވާ ހޯޕް ކޮންފަރެންސް ނިންމުމަށް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް އިއުލާނުކޮށްފައެވެ. 

އެގޮތުން 4 ފެބުރުއަރީވާ ހޮނިހިރު ދުވަހު މާލޭ ކާނިވާ ސަރަހައްދުގައި "ދުއްޕާން" މި ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އެ ކޯލިޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. 

އިދިކޮޅުން ބުނީ މިއީ ޕީޕީއެމްގެ ރިޔާސީ ހަރަކާތްތަކަށް ތައްޔާރުވުމަށް ބާއްވާ ހޯޕް ކޮންފަރެންސް ނިންމާލުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ. މި ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ޕާޓީއިން ނިންމާފައިވާ ނިންމުންތައް ހިއްސާ ކުރެވިގެންދާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

އަދި މި ޖަލްސާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތުމަކީ އިދިކޮޅުގެ ވަރަށް ބޮޑު އެދުމެއްކަމަށްވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް އެ ކޯލިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާނެ ކަމަށެވެ. އަދި އިދިކޮޅުގެ އެ މަސައްކަތުގައި އާންމުން ބައިވެރިވެދިނުމަކީ ކޯލީޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ