ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވި ނިޝާހު(ވ): ނިޝާހަކީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބުނު ސްކައުޓެއް/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Jan 2023 | 23:48
ނިޝާޙުއަށް ސްކައުޓް އެސޯސިއޭޝަނުން ތައުޒިޔާ ކިޔައިފި!

އދ. އަތޮޅުގައި އޮންނަ މާފުށިވަރު ރިސޯޓު ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މިއަދު ނިޔާވި ނިޝާހު އަބްދުލްޣަފޫރަށް މޯލްޑިވްސް ސްކައުޓް އެސޯސިއޭޝަނުން ތައުޒިޔާ ކިޔައިފި އެވެ. 

ނިޝާހަށް ތައުޒިޔާ ކިޔައި ސްކައުޓްސް އެސޯސިއޭޝަނުން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ނިޝާޙު ނިޔާވި ޚަބަރު އެ އެސޯސިއޭޝަނުން އެހީ ނުހަނު ފުން ހިތާމައާއި އެކުގައެވެ. 

ނިޝާޙު އަބްދުލްޣަފޫރަކީ 2018 ނޮވެމްބަރު 18 ގައި ރ. އުނގޫފާރުގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބުނު ހިތާމަވެރި ހާދިސާގައި، އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ނަމޫނާ ހިތްވަރުދެއްކި ކުޅަދާނަ ސްކައުޓެއްކަމަށް ސްކައުޓްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. 

އޭގެ އިތުރުން ނިޝާހުގެ އެ މަތިވެރި ކެރުންތެރިކަމާއި ނުގުޑާފަދަ އަޒުމުވަރުގަދަ އަމަލުގެ ސަބަބުން ސްކައުޓްސް އެސޯސިއޭޝަނުން ދޭ ގެލެންޓަރީ ރަން މެޑަލު ލިބިފައިވާ ޒުވާނެއްކަންވެސް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. 

ސްކައުޓްސް އެސޯސިއޭޝަނުން ބުނީ ނިޝާޙުގެ އެ ހިތްވަރުގަދަ އަމަލަކީ ކޮންމެ ސްކައުޓަކަށްވެސް މަތިވެރި ނަމޫނާއެއްކަމަށެވެ. 

މާތްﷲ ނިޝާޙުގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލެެއްވުމަށް ދުއާކުރާކަމަށާއި، މި ހިތާމަ ތަހަންމަލް ކުރުމުގެ ކެތްތެރިކަން އާއިލާއަށް ދެއްވުމަށް ދުއާކުރާކަމަށް ސްކައުޓްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ިޝާޙުގެ ނަޖާޒާގައި ވީހާވެސް ގިނަ ސްކައުޓުން ބައިވެރިވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ