ޕެޝާވަރްގެ މިސްކިތް ބޮން ގޮވުމަށްފަހު. ފޮޓޯ: ޑޯން
ހަބަރު
31 Jan 2023 | 10:45
ޕާކިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވައި އެތައްބަޔަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރްގައި ހުންނަ މިސްކިތެއްގައި އެއްޗެއް ގޮވައި 59 މީހަކު މަރުވެއްޖެއެވެ.

ޕެޝާވަރް ގައި ހުންނަ ލޭޑީ ރީޑިންގ ހޮސްޕިޓަލުގެ ސްޕޯކްސްޕާސަން މުހައްމަދް ޢާސިމް އަލްޖަޒީރާ އަށް މައުލޫމާތު ދެމުން ބުނި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވަނީ މި ހާދިސާގައި 59 މީހަކު މަރުވިކަމަށާއި 157 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ޕޮލިސް އޮފިޝަލެއް ކަމަށް ވާ ސިއްދީޤް ޚާން ވިދާޅުވީ ހަމަލާދިން މީހަ ހަމަލާ ދީފައިވަނީ ނަމާދު ކުރަން ތިބި މީހުންގެ ތެރެއަށް ވަދެ ޖާނުންފިދާ ވެގެންކަމަށެވެ. އަދި މަރުވި މީހުންގެ ތެރެއިން 27 މީހުންނަކީ ޕޮލިސް އޮފިސަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތަހްރީކޭ އެ ޠާލިބާން ޕާކިސްތާނުން ވަނީ ހަމަލާ ގެ ޒިންމާ އަމިއްލައަށް ނަގައިފައެވެ. ނަމަވެސް ފަހުން އެ ޖަމާއަތުން ވަނީ ސްޓޭޓްމަންޓް ބަދަލުކޮށްފައެވެ.

އެގޮތުން ޓީޓީޕީ ގެ ސްޕޯކްސްޕާސަން މުހައްމަދް ޚުރާސާނީ ބުނެފައިވަނީ މިސްކިތްތަކަށް ހަމަލާ ދިނުމަކީ އެ ޖަމާޢަތުގެ އުސޫލެއް ނޫންކަމަށާއި، ސެމިނާ ތަކާއި ދީނީ އެއްވުން ތަކަށް ހަމަލާދިނުމަކީ ވެސް އެ ޖަމާޢަތުގެ އުސޫލާއި ޚިލާފު ކަމެއް ކަމަށެވެ. އެ ސްޓޭޓްމަންޓްގައި ކުރިން އެ ހަމަލާގެ ޒިންމާ އެޖަމާޢަތުން ނެގި ސަބަބެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.