ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އިސް ލީޑަރުންނާއި އެކު--ފޮޓޯ/ ޕީއެސްއެމް
ހަބަރު
01 Feb 2023 | 08:10
ރައީސް ޞާލިހާއެކު އިއްތިހާދުވާނެ ބައެއް އަދިއެއް ފެންނާކަށް ނެތް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު އިއްތިހާދުވާނެ ބައެއް އަދިއެއް ފެންނާކަށް ނެތް ކަމަށް، ނިމިދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ދިވެހިޗެނަލްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ޕާޓީން ވަކިކުރެވުނު 39000 މީހުންގެ ވާހަކަ ކެމްޕޭން ތެރޭގަ ފާހަގައި ކުރަމުން ގެންދެވި ކަމަށާއި ގުނުންހުރި މީހުންނާއެކު ޖުމްލަ އަދަދު 70000ށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.

"އެހެންވީމަ އެމްޑީޕީގެ ކެނޑިޑޭޓަށް ބޮޑު އަދަދެއްގެ ވޯޓު ނުލިބި ހުރެ އަދި ރުހުން ނެތި އިންތިހާބަށް ނިކުތުމަކީ ބުއްދިވެރިކަމެއް ނޫން. ޕާޓީ މިކަމާ ވަރަށް ބޮޑަށް ވިސްނަން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އިިއްތިހާދު ޕާޓީތައް ރައީސް ޞާލިހަށް ތާއީދު ދެއްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި ރިޔާސީ އިންތިހާބުގައި ކޯލިޝަން އޮންނާނީ އެއްކޮށް ނޫން ކަމަށެވެ.

ސަބަބެއް ކަމަށް ނަޝީދު ފާހަގަ ކުރެއްވީ، 2018 ވަނަ އަހަރުގެ އިންތިހާބުގައި ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ހައްޔަރުގައި ކަމަށް ވުމުން، އެފަހަރު ހުރިހާ ސިޔާތީ ކެނޑިޑޭޓުންގެ ފަރާތުން އެއް ކެނޑިޑޭޓު ވާދަކުރީ ކަމަށާއި ނަމަވެސް މައުލޫމާތު ލިބިފަވާ ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި އެ ނިންމުން ދެމި ނޯންނާނެ ކަމަށެވެ.

"ރައީސް ޞާލިހާއެކު އިއްތިހާދު ވާނެ ބައެއް އަދިއެއް ފެންނާކަށެއް،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރެއިން އެހާ ބޮޑުބައެއް އެއްކައިރިވެފައި ވަނިކޮށް އިއްތިހާދުގެ ޕާޓީތަކުގެ ތާއީދު ނެތި ރައީސް ޞާލިހު ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވައިފިނަމަ އެމްޑީޕީން ވަރަށް ބޮޑު ދެރައަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.