ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ޣައްސާން މައުމޫން--
ހަބަރު
01 Feb 2023 | 10:20
މި ނިކަމެތި ހާލުން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީނަށް: ޣައްސާން

މި ޤައުމު މިއަދު ވެއްޓިފައިވާ ނިކަމެތި ހާލަތުން ސަލާމަތްކޮށްދެވޭނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއި، އަންނަ ހުކުރު ދުވަހުގެ ހަވީރު، ޕީޕީއެމްގެ އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ "ބުންވަރު" ހިނގާލުމަށް ދަޢުވަތު އަރުވައި ކުރެއްވި ޓްވީޓެއްގައި ޣައްސާން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކޮށް ވެރިކަމަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު، ޕީޕީއެމްގެ ކިބައިގައި އެބަހުރި ކަމަށެވެ.

"ރައީސް ޔާމީން މިނިވަންކޮށް، ވެރިކަަމަށް އިންތިޚާބު ކުރުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު އެންމެހާ ރައްޔިތުންނަށް އަރުވަން." ޣައްސާން ވިދާޅުވި އެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން ކުރުމާއި ގުޅިގެން އެއީ ހަރާމް ހުކުމެއް ކަމަށް ބުނެ އިދިކޮޅުން މިހާރުވެސް އަންނަނީ ސިލްސިލާ ކޮށް، ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ. 

އަދި ރައީސް ޔާމީނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާ، އެމަނިކުފާނު ވަރަށް އަވަހަށް މިނިވަންވެ ވަޑައިގަންނަވާނެ ކަމަށްވެސް އިދިކޮޅު ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ