އައްޑޫ ސިޓީ، ފޭދޫ: ފޮޓޯ/ގޫގުލް
ހަބަރު
01 Feb 2023 | 10:55
ފޭދޫ އިން ގޯތި ދޫކުރުން ކެންސަލް ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

އައްޑޫ ސިޓީ ފޭދޫ އިން ގޯތި ދޫކުރުން ކެންސަލް ކުރި ކަމަށް ދެކެވޭ ވާހަކަ އެކައުންސިލުން ދޮގުކޮށްފިއެވެ. 

އައްޑޫ ސިޓީ ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރާ ކަން އެ ސިޓީ ކައުންސިލުން އިއުލާން ކުރީ މި ދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އެވެ. 

އެގޮތުން، ފޭދޫއިން ދޫކުރާ 300 ގޯތީގެ ތެރެއިން 90 ޕަސެންޓް، 270 ގޯތި ފޭދޫގެ ރައްޔިތުންނަށް ދިނުމަށް އިއުލާން ކޮށްފައިވާ އިރު، 30 ގޯތި ދޫކުރަނީ ފޭދޫ ފިޔަވައި އައްޑޫގެ އެހެން ރަށްތަކުގެ ރައްޔިތުންނަށެވެ.

އަދި ގޯއްޗަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހު (މާދަމާ) އިން 16 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް އެ އަވަށެއްގެ އަވަށު އޮފީހުން ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. 

އެގޮތަށް އިއުލާން ގައި ވަނިކޮށް ބައެއް މީޑިއާ ތަކުން ފޭދޫ އިން ގޯތި ދޫކުރުން ކެންސަލް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. 

އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާ މެންބަރު އައިމިނަތު ސަލްމާ "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއުލާނުގައިވާފަދައިން ފޭދޫއިން ގޯތި ދިނުމަށް ފޯމު ދޫކުރުން މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ. 

"ގޯތި ދޫކުރުން ކެންސަލް އެއް ނުވޭ. އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ މާދަމާ ފޯމު ދޫކުރަން ފެށުމުގެ މަސައްކަތައް. އިއުލާނުގައިވެސް ވާނީ އެފަދައިން" ސަލްމާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.