ނަޒަރް ބީޑް ނެކްލެސް ތަކެއް ބާޒާރެއްގައި ވިއްކަން އަމުނާލައިފައި ހުރި މަންޒަރު
ހަބަރު
02 Feb 2023 | 08:59
"ނަޒަރް ބީޑް" ނުވަތަ "އެވިލް އައި ބީޑް"ގެ ޙަގީގަތް

"ނަޒަރް ބީޑް" ނުވަތަ އެވިލް އައި ބީޑް އަކީ ޘަޤާފީ އެންޓޯލިއަން މިނާ ބޭނުންކޮށްގެން ހަދާ، މީހުންގެ ނުބައި ނަޒަރުން ނުވަތަ މީހުންގެ ހަސަދައިން ރައްކާތެރިވާ ކަމަށް ބުނެ ބޭނުންކުރާ އެއްޗެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންގެ ނުބައި ނަޒަރާއި ހަސަދައިން ރައްކާތެރިވމަށް އެކި ތަފާތު ކަންކަން ކޮށް އުޅޭ ފަދައިން އެވިލް އައި ބީޑް އަކީ ތުރުކިޔޭ ގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.

"ނަޒަރް" މި ބަހަކީ ޢަރަބި ބަހުން ބެލުން ނުވަތަ ފެނުމަށް ބޭނުންކުރާ ބަހެކެވެ.

ތުރްކިޔޭއާއި އަވައްޓެރި އެހެން ޤައުމު ތަކުގައި ހަސަދައާއި ނުބައި ނަޒަރުން ސަލާމަތް ވުމަށް އެވިލް އައި ބީޑް ބޭނުންކޮށް ހަދައެވެ. އަލަށް އުފަންވާ ކުދިންނާއި ތުއްތު ކުދިންގެ ކައިރީގައި ވެސް ނަޒަރް ބީޑް ބޭނުން ކޮށްހަދައެވެ.

ޘަޤާފީ ގޮތުން ބައެއްގެ ތެރޭގައި ބޭނުން ކޮށްއުޅުނު ނަޒަރް ބީޑް މިހާރު މިވަނީ ފެޝަނެއްގެ ގޮތިގައި ބޭނުން ކުރަން ފަށައިފައެވެ. ބޭރުން އަންނަ ހުރިހާ އަސަރެއް ކުޑަ ކުޑަ ދިވެހި މުޖްތަމަޢަށް ފޯރާހެން ނަޒަރް ބީޑް ނުވަތަ އެވިލް އައި ބީޑް އަޅައި އެ ބޭނުންކުރުން ވެސް މިހާރު މިވަނީ ދިވެހިންގެ ތެރޭގައި ޢާންމުވެފައެވެ.

އެވިލް އައި ބީޑް އެކުލެވޭ ތަފާތު ބާވަތްތައް 

އިސްލާމް ދީނުގައި މީހުންގެ ސުލޫކާއި އަޚްލާޤް އަދި ޤަބޫލުކުރުން ތައް ﷲ ނޫން އެހެން ފަރާތަކަށް ވަކީލް ކުރުމުގެ ދިމާއަށް ގެންދާ ކަމަށް ވާނަމަ އެއެއްޗެއް ނުވަތަ ކަމެއް ހުއްދަވެގެންނުވެއެވެ. މި ސަބަބާއި ހުރެ އެވިލް އައި ބީޑްސް ކަރުގައި އަޅައިގެން ނުވަތަ އެހެން ގޮތަކަށް ވިޔަސް އެއިން ރައްކާތެރިކަން ލިބޭނެ ކަމަށް ޤަބޫލް ކޮށްގެން އެ ބޭނުން ކުރުން ހުއްދަވެގެން ނުވެއެވެ.

ދެން އޮތީ ފެޝަނުގެ ނަމުގައި ނުވަތަ ރީތިވެގެން ނަޒަރް ބީޑް ނުވަތަ އެވިލް އައި ބީޑް އެޅުމެވެ. ފެޝަނުގެ ގޮތުގައި ނުވަތަ އެ ރީތިވެގެން އެޅުންވެސް ހުއްދަ ވެގެން ނުވެއެވެ. ސަބަބަކީ އެ އެއްޗަކީ ނަޒަރުން ސަލާމަތް ވުމަށް ބަޔަކު ބޭނުން ކުރާ އެއްޗަކަށް ވެފައި އެ އަޅައިގެން ހުންނަ ވަގުތު ކަމެއް ދިމާވާ ހިނދު ތިމާއަށް އޭގެން ރައްކާތެރި ކަން ލިބޭނެ ކަމަށް ޤަބޫލް ކުރެވޭ ފަދަ ހާލަތެއް އައިސްފާނެތީއެވެ.

އެހެނީ އިންސާނާ އަކީ ހަނދާން ނެތުމާއި ކުށްތަކަށް އަރަގަނެވޭ ބަޔަކަށް ވެފައި، އެފަދަ ހާލަތެއްގައި، ނަޒަރް ބީޑުން އޭނާ އަށް ރައްކާތެރިކަން ލިބޭނެ ކަމަށް ޤަބޫލު ކުރެވުމަކީ ޝިރުކަކަށް ވެ ފާފަވެރި ވެދާނެކަމުގެ ބިރު އޮތުމުން އެކަމުން ދުރުވެގަތުމަކީ އެންމެ ހެޔޮ އަދި މޮޅު ގޮތެވެ.

"ތިމަންނާ އެއަޅަނީ ފެޝަނަކަށޭ، ފެޝަނަކަށް ބޭނުުން ކުރަމުން ދިޔަޔަސް އެފަދަ ހާލަތެއް ދިމާވާ ވަގުތު ކުއްލިއަކަށް
 ހިތަށް އަރާފާނެ ތިމަންނާ މީތި އޮތީމަ ރައްކާތެރިވާނޭ، އެހިސާބުން އަސްލު އެއީ ޝިރުކުގެ ބާވަތެކޭ އެއީ، ﷲ ނޫން އެހެން ފަރާތަކަށް މަދަދު އެދުމާއި ވާގިއެދުން އެއީ އަޅުގަނޑުމެން މުސްލިމުނަށް ވީތީ ކޮށްގެން ވާނެ ކަމެއް ނޫން، އެހެންވީމަ އެ އަޤީދާ ހިތުގައި އަށަަގަނެފާނެތީ އެކަމުން ދުރުވާން ޖެހެނީ" އައްޝައިހް މުހައްމަދް އަފްޒަލް މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. 

ޝެއިހް އިތުރަށް ވިދާޅުވީ ފެޝަނުގެ ނަމުގައިވެސް ނަޒަރް ބީޑް ބޭނުން ކުރުން ހުއްދަ ވެގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމާއި ދުރުހެލި ވާން ޖެހޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.