މިނިސްޓަރ ނަހުލާ އެމްވީ ގެލީނާ އަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން
ހަބަރު
01 Feb 2023 | 18:43
އެމްއެސްއެސް ގެ އެމްވީ ގެލީނާ އަށް މިނިސްޓަރ ނަހުލާ ޒިޔާރަތްކުރައްވައިފި

 ޤައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ބޯޓު އެމްވީ ގެލީނާ އަށް މިނިސްޓަރ ފޯ ޓްރާންސްޕޯޓް އެންޑް  ސިވިލް އޭވިއޭޝަން  އައިޝަތު ނަހުލާ ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓަރ ނަހުލާ އެ ބޯއްޓަން ވަޑައިގެން ބޯޓުގެ އޮންބޯޑުގެ މަސައްކަތްތައް ހިނގާ ނުހިގާގޮތް  ބައްލަވާލައްވައިފައިވެއެވެ. އެމްވީ ގެލީނާއަކީ އިންޑިޔާއާއި ލަންކާއާއި ރާއްޖެއާ ދެމެދު  މުދާ އުފުލުމަށް ބޭނުންކުރާ 680  ކޮންޓެއިނަރުގެ ބޯޓެކެވެ.

މިބޯޓަކީ އެމްއެސްއެސްގެ އަމިއްލަ ބޯޓެކެވެ. މިނިސްޓަރ، މި ބޯޓުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަދި އިސްވެރިނާއި ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓްރީގެ އިސްވެރިންނާއި އެމްއެސްއެސް ގެ  މެނޭޖިންގ ޑިރެކްޓަރ ކެޕްޓަން އަބްދުﷲ ސަޢީދާއި އެމްއެސްއެސްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިފަދަ ދިވެހިންގެ އަމިއްލަ ވަސީލަތްތައް އޮތުމުގެ ބޭނުންތެރިކަމާއި، ބޭނުންކުރުމާއި އަދި  ޚިދުމަތްތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުމުގެ މުހިއްމު ކަން  ފާހަގަކުރެއްވިއެވެ.

އަދި މިނިސްޓަރ އިތުރަށް ވިދާޅުވީ މިކަމުގައި ދިވެހިޒުވާނުން ބިނާކޮށް ބައިވެރިކުރުމަށްޓަކައި މިނިސްޓްރީ އިން ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި މިދާއިރާއަށް ސްކޫލް ކުދިން ޝައުގުވެރިކުރުވުމަށްޓަކައި މަދަރުސީ ދައުރުން ފެށިގެން ދަރިވަރުންނަށް މިފަދަ ކަންކަމާއި ގުޅޭ މަޢުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.