ރައީސް ޞާލިހާއި ރައީސް ނަޝީދު: ފޮޓޯ/ ވޮއިސް
ހަބަރު
02 Feb 2023 | 12:30
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ: ރައީސް ޞާލިހަށް %61 ނަޝީދަށް %38

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި އެވެ. 

ތަފާތު ބޮޑުކޮށް ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބާއި ގުޅިގެން ނަގާފައިވާ އިންތިޚާބީ ކޮމެޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި އިންތިޚާބު ކޮމެޓީގެ މެމްބަރު އިބުރާހިމް ވަހީދު (އިބުރޭ) ވަނީ ދާއިމީ ނަތީޖާ އިއުލާނުކޮށްދެއްވާފަ އެވެ. 

އެގޮތުން އިބުރޭ ވިދާޅުވީ މި އިންތިޚާބުގައި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ކެންޑިޑޭޓު ނަންބަރު 1) އަށް ލިބިވަޑައިގަތީ 15641 ވޯޓު ކަމަށެވެ. އެއީ ވޯޓު ލީ މީހުންގެ 38.90 އިންސައްތަކަމަށް އޭނާ ވިދާޅުވިއެވެ. 

މި އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިހު 24566 ވޯޓު ހޯއްދަވާފައިވާކަމަށާއި، އެމަނިކުފާނު މި އިންތިޚާބު ކާމިޔާބުކުރެއްވީ 61.10 އިންސައްތަ މީހުންގެ ވޯޓާއި އެކުގަމަށް ވިދާޅުވި އެވެ. 

މި ނަތީޖާއެކު ރައީސް ޞާލިހުވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރައްވާފަ އެވެ.

ރައީސް ޞާލިހު އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު ބޭއްވި ޖަލްސާގެ ތެރެއިން.. ފޮޓޯ: ވޮއިސް 

"ނަތީޖާއަށް ބަދަލު އަންނަވަރުގެ ޝަކުވާއެއް ހުށައެއް ނާޅާ" 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔައިރު ގިނަ މައްސަލަތަކެއް ފެންމަތިވެގެން ދިޔައެވެ. ބައެއް ވޯޓު ފޮށިތައް ފަޅާލާ ވޯޓުލުން ހުއްޓާލައިގެން ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ޖެހުނު މައްސަލަތަކެއްވެސް ފެންމަތިވެގެން ދިޔައެވެ.  އަދި ވޯޓު ފޮށި ފަޅާލި މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރުވެސް ކުރިއެވެ. 

މި ކަންކަމާއި ގުޅޭގޮތުން އިންތިޚާބީ ކޮމެޓީއިން ބުނީ މި ޕްރައިމަރީއާއި ގުޅިގެން އޮންލައިންކޮށް 54 ޝަކުވާ ހުށައަޅާފައިވާކަމަށެވެ. އަދި ލިޔުމުން 10 ޝަކުވާއެއް ހުށައަޅާފައިވާކަމަށެވެ. 

އެހެން ނަމަވެސް ހުށައަޅާފައިވާ ޝަކުވާތަކަށް ބަލާއިރު އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް ހުށައަޅާފައި ނުވާކަމަށް އެ ކޮމެޓީއިން ވަނީ ބުނެފައެވެ. 

"އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް އޮތްކަމަކަށް ޝަކުވާ ކޮމެޓީއަކުން ވިދާޅެއް ނުވޭ.. މި އިންތިޚާބު ނިމުމާއެކު އެބޭފުޅުންގެ ހުރިހާ ބައްދަލުވުމެއްގައި އަޅުގަނޑުމެންނާއެކު ކުރިއަށް ގެންދިޔަ.. އަޅުގަނޑުމެންނަށްވެސް އެބޭފުޅުން އެކަންކަން ދެއްކެވި"

އިންތިޚާބު ކޮމެޓީގެ މެމްބަރު އިބުރާހިމް ވަހީދު (އިބުރޭ)

އިންތިޚާބީ ކޮމެޓީއިން ބުނީ ވޯޓުލުން ކުރިއަށް ދިޔައިރު ހިނގައިދިޔަ ބައެއް ކަންކަމަކީ "ސީން އެއް" ކްރިއޭޓުކުރުމަށް ހިންގި ބައެއް ކަންކަމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. 

މިސާލެއްގެ ގޮތުން އެއް ވޯޓު ކަރުދާސްކޮޅަށްވުރެ ގިނައިން ވޯޓު ކަރުދާސްކޮޅު މީހުންނަށް ދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުކޮށްފައިވާއިރު އެ ވީޑިއޯއިން ފެންނަނީ މީގެ ކުރިން ބޭއްވި އިންތިޚާބުގެ މަންޒަރެއްކަމަށް އިންތިޚާބީ ކޮމެޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު ވަނީ ވިދާޅުވެފަ އެވެ. 

"ބައެއް ފަރާތްތަކުން އެބަހުރި އެވިޑެންސް ހުށައަޅާފަ އިސްދޫގައި ވޯޓު ކަރުދާސްކޮޅު ހުށައެޅިއިރު، ވޯޓު ކަރުދާސްކޮޅުގައި ފާހަގަ ޖަހާފައި ދޫކުރިކަމަށް ބުނެ ހުށައަޅާފައިވާ އެވިޑެންސްތަކެއް.. އެހެން ނަމަވެސް އަޅުގަނޑުމެން އެ ވީޑިއޯ ރަނގަށް ބަލާފައި އަދި ފޮށި ކައިރީގައި ދެން ހަރަކާތްތެރިވި އޮފިޝަލުންނަށްވެސް ގުޅާ، އެބޭފުޅުންގެ ބަސް އަހާފައި ބަޔާން ނަގާފައި ބެލިއިރު އެ ފަރާތުން، އެ އޮފިޝަލު ފާހަގަލާފައި މިވަނީ ކަރުދާސްކޮޅަކު ނޫން.. އެ އޮފިޝަލާއި ހަވާލުކޮށްފައި އޮންނާނެ ޓެލީ ޝީޓެއް.. އެބޭފުޅާ ފާހަގަ ޖައްސަވާފައިވަނީ އެ ޓެލީ ޝީޓުގައި"

އިންތިޚާބީ ކޮމެޓީގެ މެމްބަރު އަނަސް އަބްދުއްސައްތާރު 

ޕްރިމަރީގެ ވޯޓު ފޮއްޓެއް ފަޅާލާ ދަގަނޑު ފޮއްޓެއް ބަހައްޓާފައި 

ކޮމެޓީއިން ބުނީ މި އިންތިޚާބާއި ގުޅިގެން ހުށައެޅި ހުރިހާ ޝަކުވާތަަކަށް މާދަމާގެ ނިޔަލަށް ލިޔުމުން ޖަވާބު އަރުވާނެ ކަމަށެވެ. 

އިންތިޚާބު ކާމިޔާބު، ތަރުހީބާއި މެދު ހިތްހަމަ ޖެހޭ: ކޮމެޓީ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބީ ކޮމެޓީއިން ބުނީ މި އިންތިޚާބުގެ ކަންތައްތައްތަކާއި ދޭތެރޭގައި ހިތްހަމަ ޖެހޭކަމަށެވެ. ކުދި ކުދި މައްސަލަތަކެއް ހުރި ނަމަވެސް އިންތިޚާބު ގެންދެވުނީ ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިންކަން އެ ކޮމެޓީއިން ފާހަގަކުރިއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގައި ޕާޓީގެ 71 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިންތިޚާބީ ކޮމެޓީއިން ވަނީ ބުނެފައެވެ. އަދި އެއީ ހިތްހަމަޖެހޭ ވަރުގެ އަދަދެއް ކަމަށާއި، އިންތިޚާބުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ގިނަ ބައެއްގެ ހުރިކަން ކޮމެޓީއިން ވަނީ ފާހަގަކޮށްފަ އެވެ. 

މި އިންތިޚާބާއި ގުޅިގެން ޕާޓީ ބައިބައިވެ، އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑީޑޭޓާއި ދެކޮޅަށް އެއްވެސް ބޭފުޅަކު މަސައްކަތްޕުޅު ކުރައްވާނެކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ކޮމެޓީގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.