ޕްރައިމަރީއަށް ފަހު އިންތިހާބީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާހިމް ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ/ ދައުރު
ހަބަރު
02 Feb 2023 | 13:29
ޕާޓީގެ ތެރެއިން ވަކި ގޮތްޕެއް ހަދާކަށް އެއްވެސް ހުރަހެއް ނެތް: އިބްރާހީމް ވަހީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރެއިން ވަކި ގޮފިތައް އުފެއްދުމަށް އެއްވެސް ހުރަހެއް ނެތްކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް (އިބުރޭ) ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ގޮތްޕެއް ރަޖިސްޓްރީ ކުރުމުގެ މަސައްކަތްޕުޅު ފައްޓަވާފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ރައީސް ޞާލިހާއެކު އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މިވަގުތަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކީ ޕާޓީގެ ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ގޮތްޕާއި ގުޅިވަޑައިގަތުންކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދުގެ މި ވާހަކަތައް އެމްޑީޕީގެ މައެއް މަޖިލިސް މެމްބަރުން ސިފަކުރައްވަމުން ދަނީ އެއީ ރައީސް ޞާލިހާއި ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅެއްގެ ގޮތުގައެވެ. އެގޮތުން ނަޝީދުގެ މަގްސަދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބުވިޔަ ނުދިނުންކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު އިކުރާމު ވަނީ ތުހުމަތު ކުރައްވާފައެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ އިއުލާނުކުރުމަށް މިއަދު އިންތިޚާބީ ކޮމެޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ނަޝީދު މިހާރު ކުރައްވާ މަސައްކަތްޕުޅު ޕާޓީގެ އަސާސީ ގަވައިދާއި ޚިލާފު ވޭތޯ އަހާފަ އެވެ. އަދި ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ ނަޝީދު ދައްކަވާ ވާހަކަތައް އަސާސީ ގަވައިދާއި ޚިލާފުވޭތޯވެސް ނޫސްވެރިޔާ އެއްސެވިއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން ޗެއާ ޕާސަންގެ ނައިބު އިބުރޭ ވިދާޅުވީ ޕާޓީގެ ތެރެއިން ގޮތްޕެއް އުފެއްދުމަކީ އަސާސީ ގަވައިދާއި ޚިލާފުކަމެއް ނޫން ކަމަށެވެ. އެކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގޮފި ހެދޭނެ އިނގޭތޯ! ގޮފި ހެދުމަކީ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތްކުރުން ކަމަކަށް ނުބެލެވޭނެ. ގޮތްޕަކީ ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ހެދޭއެއްޗެއް.. ފިކުރީ ގޮފިވެސް ހެދޭނެ. އެހެން ނަމަވެސް އަޅުގަނޑުމެން ބަލާނަން ގޮފި ހިންގަނީ ގައވައިދާއި އެއްގޮތަށްތޯ"

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް (އިބުރޭ)

އިބުރޭ ވިދާޅުވީ ރައީސް ނަޝީދު ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވާ ޕާޓީގެ ކެންޑިޑޭޓާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

މިހާތަނަށް އެމަނިކުފާނު ޕާޓީގެ ކެންޑިޑޭޓާއި ދެކޮޅަށް ކަމެއް ކުރައްވާފައިވާކަން ފާހަގަ ނުކުރެއްވޭކަމަށް އޭނާ ވިދާޅުވި އެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.