މާޝިއަލް ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
02 Feb 2023 | 15:51
މެންޗެސްޓަރ ޔުނައިޓެޑް ލީގު ކަޕުގެ ފައިނަލަށް!

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

ލީގު ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މި ދެ ޓީމް ފޮރެސްޓް ދަނޑުގައި ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ޔުނައިޓެޑު ކާމިޔާބުކޮށްފައިވުމާއި އެކު ރޭގެ މެޗުގެ ނަތީއްޖާ އާއި އެކު ޔުނައިޓެޑަށް ފައިނަލުން ޖާގަ ލިބިފައި ވަނީ 5-0 ގެ އެގްރިގޭޓް ނަތީޖާއަކުން ފޮރެސްޓް މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ތިން ލަނޑުގެ ލީޑެއް ލިބިފައި އޮތުމއެކު ރޭގެ މެޗުގައި ޔުނައިޓެޑުން ފެށީ ބަދަލުތަކަކާއި އެކުގައެވެ. އަދި މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓު ކުރި ނަމަވެސް މިފާހުގައި އެޓީމަށް ފޮރެސްޓް ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެންގޮސަފައި ނުވާއިރު، ދެވަނަ ހާފު މެންޗެސްޓަރ ޔުނައިޓެޑުން ފެށީ ތިން ބަދަލަކާއެކުގައެވެ. ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ. މެޗުގައި މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް ފުރާންސްގެ ފޯވާޑް އެންތަނީ މާޝިއަލް އެވެ. މިއީ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަނިޔާގެ ސަބަބުން ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މާޝިއަލް ކުޅެފައި ނުވާއިރު، މިއީ އޭނާ މި ސީޒަންގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ހަވަނަ ލަނޑެވެ.  

ބްރެޒިލްގެ މިޑްފީލްޑަރ ފުރެޑް ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދެނީ

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު 76 ވަނަ މިނެޓުގައި ރަޝްފޯޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބުރެޒިލްގެ މިޑްފީލްޑަރ ފްރެޑެވެ.

ގިނަ ދުވަސްތަކަކަށް ފަހު ރޭގެ މެޗުގެ ދެވަނަ ހާފުގައި އިގިރޭސި ޒުވާން ފޯވާޑް ޖޯޑަން ސަންޗޯ ވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ސަންޗޯ އެންމެ ފަހުން ޔުނައިޓެޑުގެ ޖާޒީގައި ކުޅެފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު ހަމުގައެވެ. އެފާއިތުވި ދުވަސްތަކުގައި ސަންޗޯއަށް ފިޒިކަލީ ގޮތުންނާއި މެންޓަލީ ގޮތުން ދިމާވި މައްސަލަތަކާއި ގުޅިގެން އޭނާ ވަނީ ޚާއްސަ ތަމްރީނުތަކެއްވެސް ފުރުހަމަކޮއްފައެވެ.

ލީގު ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ނިއުކާސަލް ޔުނައިޓެޑުންނެވެ. މި މުބާރާތުގެ ފައިނަލުގައި ނިއުކާސަލްއާއި ޔުނައިޓެޑް 1999 ވަނަ އަހަރު ވެސް ކުޅެފައިވެއެވެ. އެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑުންނެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ކާމިޔާބު ކުރެވިފައި ވަނީ 2017 ވަނަ އަހަރުއެވެ. ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.