ވިޔަފާރި
02 Feb 2023 | 16:51
ސާއިދު މިފަހަރު ޕްލެއިން ސޮލެއިލް އާއި އެކު

ވިލާ ޓްރޭޑިންގް އިން މިވަގުތު ސަޕްލައި ކުރާ ތަފާތު އެކިއެކި ފައިދާހުރި ބްރޭންޑް ތަކުގެ ތެރެއަށް އާ ބްރޭންޑް އެއް ކަމަށްވާ ''ޕްލެއިން ސޮލެއިލް'' ވަނީ ތައާރަފް ކުރެވިފައެވެ.

1999 ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑް އަކީ ލެބަނޮންގެ ކާތަކެތި އުފައްދާ ސިނާޔަތުގައި މިވަގުތު އެންމެ މަގްބޫލު އެއް ބްރޭންޑް އެވެ. މިއީ ފުޅާ ދައިރާއެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. މީގެ ތެރޭގައި ގަނޑުކުރި ތަރުކާރި، އެޕެޓައިޒާސް، ދަޅުގައި ހުންނަ ކާނާ، ތަފާތު ސޯސްތައް، ތަރުކާރީ ތެޔޮ، އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އުފައްދައެވެ.

މި ހުރިހާ ކާބޯތަކެއްޗެއްވެސް އުފައްދާފައި ވަނީ ގުދުރަތީގޮތުން އެންމެ ތާޒާހުރި އިންގްރީޑިއެންޓްސް ބޭނުންކޮށްގެންނެވެ. ޕްލެއިން ސޮލެއިލް އަކީ ދުނިޔޭގެ 8 ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. އަދި މިއީ ގަނޑުކުރި ކާނާ ވިއްކާ ކުންފުންޏަކަށް ބަލާފައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ދާދި ފަހުން ވިލާ ޓްރޭޑިންގްއިން ވަނީ ރާއްޖޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިޔާ، ހަސަން ސާއިދުއާއި އެކު މި ބްރޭންޑުގެ ބައެއް ކާބޯތަކެތީގެ އިސްތިހާރެއްވެސް ކުޅެފައެވެ. އަދި މި އިސްތިހާރު ތައްޔާރު ކުރުމުގައި ހުޅުމާލެ ބީޗުގައި ކުޑަކުދިން ހިމެނޭގޮތަށް ޝޫޓުކުރުމުގެ ސަބަބުން ބެލުންތެރިންނަށް މަޖާ އަދި ބަލާލަން ހިތްގައިމު ގޮތެއް ހުރައެވެ.

ޕްލެއިލް ސޮލެއިލްގެ އުފެއްދުންތައް--

ޕްލެއިލް ސޮލެއިލްގެ އުފެއްދުންތައް ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ކާނާ އަދި ސްމޫތީ ފަދަ އެއްޗެހި ފަސޭހައިން ތައްޔާރުކޮށްލެވޭނެއެވެ. މި އިސްތިހާރުން ފެނިގެންދަނީ ޕްލެއިން ސޮލެއިލްގެ ގަނޑުކުރި މިކްސްޑް ބެރީސް ބޭނުންކޮށްގެން ސްމޫތީއެއް ތައްޔާރުކުރާ ތަނެވެ. މި ސްމޫތީ އަކީ ސާއިދުގެ ކަސްރަތުކުރުމުގައި ހަކަތައާއި ވަރު ޖެއްސުމުގެ ގޮތުން ބޯ ސްމޫތީއެކެވެ. މިކްސްޑް ބެރީސް ބޭނުންކޮށްގެން ތައްޔާރުކުރެވޭ މި ސްމޫތީއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި ރަހަ މީރު ސްމޫތީއެކެވެ. ގަނޑުކޮށްފައި ހުންނަ އެޕެޓައިޒާސް އިން ފެށިގެން ގޮސް ގަނޑުކުރި ތަރުކާރީފަދަ ތަފާތު އެބާވަތްތައް ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލް އަކީ ހުރިހާ އުމުރުފުރައަކަށްވެސް ހިތްގައިމު ބްރޭންޑްއެއްކަން އިސްތިހާރުން ދައްކުވައިދެއެވެ.

ޕްލެއިން ސޮލެއިލް އަކީ މިވަގުތު ވަރަށްވެސް އަވަހަށް ދައުރުވާ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.