ރަފީނިއާ ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
02 Feb 2023 | 16:37
ހަނިގޮތަކަށް މޮޅުވެ އެއްވަނާގައި ބާސެލޯނާއިން 8 ޕޮއިންޓްގެ ލީޑެއްނަގައިފި!

ސްޕެނިޝް ލަލީގާގައި ރޭ ރަށުންބޭރުގައި ރެއާލް ބެޓިސް 2-1 ގެ ނަތީއްޖާއަކުން ބަލިކޮށް ލާލީގާ ތާވަލުގެ އެއްވަނާގައި ބާސެލޯނާއިން 8 ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ. 

ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ބާސާގެ ބުރެޒިލް ފޯވާޑް ރަފީނިއާ އެޓީމަށް ލަނޑެއްކާމިޔާބުކޮށް ލީޑު ހޯދައިދިނެވެ. ނަމަވެސް ވީއޭއާރު އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއްކަމަށެވެ. މީގެ އިތުރުން ފުރތަމަ ހާފުގައި ބާސާގެ މިޑްފީލްޑަރ ޕެޑްރީއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭނުންނުކުރެވިފައެވެ. ބެޓިސްގެ އޭރިއާ ތެރެއިން ޕެޑްރީ ފޮނުވާލި ދެ ހަމަލާވެސް ބެޓިސްގެ ކީޕަރު ރުއި ސިލްވާ ވަނީ ދިފާއުކޮށްފައެވެ.

ރޮބަޓް ލެވަންޑޯސްކީ

މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބިފައި ވަނީ ޕެޑްރީއަށެވެ. ޕެޑްރީ ފޮނުވާލި އެ ހަމަލާގެ ހުރަހަކަށް ވެސް ވީ ބެޓިސްގެ ކީޕަރެވެ.

މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި ބާސާގެ ސްޕެނިޝް ޑިފެންޑަރ ބަލްޑޭ ބެޓިސްގެ ގޯލު ކުރިމައްޗަށް ތިރިން ހުރަސްކުރި ބޯޅައެއް މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިމެޗުގައި ބާސާއަށް ލީޑު ހޯދައިދިނީ ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. މިއީ ބާސާއަށް ރަފީނިއާ ކާމިޔާބު ކޮށްދިން ފަސްވަނަ ލަނޑެވެ.

ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި  ބާސާގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ތިން މެޗުގެ ސަސްޕެންޝަނަކަށް ފަހު ރޭގެ މެޗުގައި ކުޅުނު ބާސާގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. ބާސާއިން ނެގި ކޯނަރެއް އެ ޓީމްގެ ޑިފެންޑަރ އަރައުހޯ ބޮލުން ފޮނުވާލި ވަގުތު އޭރިއާތެރޭ ހުރެ ލެވަންޑޯސްކީ ވަނީ އެ ބޯޅަ ކޮންޓްރޯލްކޮށް ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މިއީ ލަލީގާގައި، މި ސީޒަންގައި ލެވަންޑޯސްކީ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި ލަލީގާ ލަނޑު ލިސްޓްގެ އެންމެ ކުރީގައި މިވަގުތު އޮތީ ވެސް ލެވަންޑޯސްކީއެވެ.

މެޗުގައި ބެޓިސް އިން ކާމިޔާބު ކުރި ލަނޑަކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށްވެފައި ވަނިކޮށް ބާސާގެ ފުރާންސް ޑިފެންޑަރ ކޫންޑޭ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި ނަތީޖާއާއިއެކު ދެވަނާގައި އޮތް ރެއާލް މެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެ ބާސާ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ބާސާއަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއާލް އޮތީ 18 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. މިރޭ ރެއާލް އަމިއްލަ ދަނޑުގައި ވެލެންސިއާއާއި ދެކޮޅަށް ނުކުންނައިރު، މި މެޗު ކާމިޔާބު ކޮށްގެން ބާސާއާއި އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުޞަތު އެ ޓީމަށް އެބައޮތެވެ. ބާސާއަތުން ބަލިވި ބެޓިސް މިވަގުތު އޮތީ ތާވަލުގެ ހަވަނާގައެވެ. އެ ޓީމަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.