ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Feb 2023 | 17:09
"ސިޔާސީ މަގާމުގައި ތިބެ ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރާނަމަ ފިޔަވަޅު އަޅާނެ"

ސަރުކާރުގެ މަގާމްތަކުގައި ތިބޭޭ ބޭފުޅުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ނުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން "ވޮއިސް" އިން ސަރުކާރުގެ ސިޔާސީ މަގާމުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުންދާ ބޭފުޅުންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ނިންމާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވެފައިވަނީ ސަރުކާރުގެ މުައްޒަފުންނަށްވެސް އަދި އެހެން ހުރިހާ ބޭފުޅުންވެސް ޚިޔާލު ފާޅުކުރުމާއި ސިޔާސީ ގޮތުން އެބޭފުޅެއްގެ ފިކުރު ފާޅު ކުރުމަކީ އެބެފުޅުންނަށް ލިިބިގެންވާ މިނިވަންކަމެއް ކަމަށެވެ.

އެހެންނަމަވެސް އެންމެންވެސް ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ މި ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން އައްޔަން ކުރައްވާފައިވާ ބޭފުޅުން ކަމަށެވެ.

އަދި އައްޔަނު ކުރައްވާފައި މަޤާމްގައި އެބޭފުޅުން ތިއްބަވަނީ ރައިސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ.

"ދެން އަޅުގަނޑަށް ހީވަނީ ކޮންމެސް ވަރަކަށް އަމިއްލަ ންފްސަށް ތެދުވެރިކަމެއްހެން އޮންނަން މި ޖެހެނީ. ގަބޫލް ނުކުރާ ސިޔާސަތު ތަންފީޒް ކުރަން މުސާރަ ނަގައިގެން އެބޭފުޅުން ތިއްބަވާނެ ހެނެއް އަޅުގަނޑަކަށް ހިޔެއް ނުވޭ. އެހެންވީމަ ސަރުކާރުގެ ސިޔާސީ މަގާމް ތަކުގަ ތިއްބަވާނި ސިޔާސަތުތައް ތަންފީޒު ކުރުމަށް ރުހި ވަޑައިިގަންނަވާ ބޭފުޅުން." މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ދެކޮޅު ހައްދަވާ ބޭފުޅުން ވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް ނުވަތަ ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ.

ކޮމެންޓް
ދޮން ދިއަގެ ރެކިއު.
އެކޮއެ! ފިއަވަޅު އަޅަން ދެން މާގިނަ ދުވަހެއް ނެތޭ.
03 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.