މިނިސްޓަރ ނަހުލާ އަދި ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ
ހަބަރު
03 Feb 2023 | 10:05
މެރިޓައިމްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް ވޯލްޑް މެރިޓައިމް ޔުނިވާސިޓީ އާއި މަޝްވަރާ ކޮށްފި

ވޯލްޑް މެރިޓައިމް ޔުނިވާސިޓީއައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއާއި ދެމެދުގައި މެރިޓައިމް ސިނާއަތުގައި މީހުން ބިނާކުރުމަށް  މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ މީހުން ބިނާކުރުމަށްޓަކައި ވާލްޑް މެރިޓައިމް ޔުނިވާސިޓީއައި އެކު މިއަދު މަޝްވަރާކޮށްފައެވެ. އޮންލައިންކޮށް ކުރިޔަށްގެންދިއަ މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓްރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން  އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އާއި ކަމާބެހޭ އިސް ބޭފުޅުންނާއި ވާލްޑް މެރިޓައިމް ޔުނިވާސިޓީގެ ރައީސު ޑޮކްޓަރ ކްލިއޯޕެޓްރާ ޑޮމްބިއާ ހެންރީ އަދި ނައިބް ރައީސު ޕްރޮފެސަރ މާ ޝުއޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރުކޯސްތައް ހިއްގަވައި ދެއްވާނެކަމަށާއި އެގޮތުން އީ-ލާނިން ޕްލެޓްފޯމް ބޭނުންކުރެވޭނެގޮތަށް ކަންކަން ހަމަޖައްސަވައި ދެއްވުމާއެކު ވާލްޑް މެރިޓައިމް ޔުނިވާސިޓީން ކުރިޔަށް ގެންދަވާ 50 ހަށްވުރެ ގިނަ ކުރު ކޯސްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ބޭނުންވާ ކުރު ކޯސްތައް ހިންގުމަށް ކަމުގެ ތަޖްރިބާކާރު ބޭފުޅުން ފޮނުވައްވައި ދެއްވާނަކަން މިބައްދަލުވުމުގައި ހާމަކުރެއްވިއެވެ.

މިހާތަނަށް މީގެކުރިން މި ޔުނިވާސިޓީއިން ދިވެހިރާއްޖޭގެ 15 ބޭފުޅަކު ތައުލީމު ހާސިލުކު ރައްވާފައިވާކަމާއި އެފަރާތްތަށް ތިބުމާއި އެކު އެބޭފުންގެ ބޭނުން ރާއްޖެއަށް ލިބެމުންދާނެކަން ފާހަގަކުރެއްވިއެވެ. މިހާރުވެސް މި ޔުނިވާސިޓީގައި ދިވެހިރާއްޖޭގެ 2 ދަރިވަރަކު ސްކޮލާޝިޕްގެ ތެރެއިން ކިޔަވަމުންދާކަމަށާއި އެގޮތުން ކުރިޔަށް އޮތްތާގައި ޕޯސްޓް ގްރެޖުއޭޓް ކޯސްތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަންވެސް ފާހަގަކުރެއްވިއެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު، ޚާއްޞަކޮށް ކުޑަކޮށް ތަރައްގީވެފައިވާ ޤައުމުތަކުގައި، ޤާބިލު، ކަނޑާއިގުޅޭ މަތީ ތަޢުލީމާއި ތަޖުރިބާކާރުންގެ ދަތިކަން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ ތެރޭގައި ހުރިކަން  ފާހަގަކުރެވުމާއި ގުޅިން 1983 ވަނަ އަހަރު އައި.އެމް.އޯ އިން ވޯލްޑް މެރިޓައިމް ޔުނިވާސިޓީ (ޑަބްލިޔު.އެމް.ޔޫ) އުފެއްދެވިއެވެ. މި ޔުނިވާސިޓީ އަކީ ސްވިޑެންގައި ގާއިމްކޮށްފައިވާ ޔުނިވާސިޓީއެކެވެ.

މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޑަބްލިޔު.އެމް.ޔޫ ނިންމާފައިވާ ދަރިވަރުން ދަނީ ކަނޑުގެ ދާއިރާއާއި ކަނޑުގެ ދާއިރާ ބައްޓަން ކުރަމުންނެވެ. ޑަބްލިޔު.އެމްޔޫ.ގެ ކުރީގެ ދަރިވަރުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިނިސްޓްރީތަކުގައި، ޝިޕިން ކުންފުނިތަކާއި ބަނދަރުތަކުގެ ޑިރެކްޓަރުންގެ މަގާމުތަކާއި، މެރިޓައިމް އެކަޑަމީތަކާއި ކަނޑުގެ ސިފައިންގެ ޖަމިއްޔާތަކުގެ އިސްވެރިންގެ މަގާމުތައް އަދާކުރައްވާ ބޭފުޅުންނެވެ. ދިވެހިރާއްޖޭގައިވެސް ގާނޫނީ ދާއިރާގައި ބަނދަރު ހިންގުމުގެ ދާއިރާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އިންޝޫރަންސްއާއި ގުޅޭ ދާއިރާތަކުގައި އަދި މެރިޓައިމް އިންޑަސްޓްރީގެ އެހެނިހެން ވަޒީފާތަކުގައި މި ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރައްވާފައި ތިއްބެވި ބޭފުޅުން ދަނީ ގައުމަށް ޚިދުމަތް ކުރައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.