ވިނީޝިއަސް ޖޫނިއަރ
ކުޅިވަރު
03 Feb 2023 | 06:35
ވިނީޝިއަސް އަދި އަސެންސިއޯގެ ލަނޑުތަކުން ރެއާލް އަށް ފަރަގު ކުޑަކޮށްދީފި!

ސްޕެނިޝް ލަ ލީގާގައި ރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ 2-0 ގެ ނަތީއްޖާއަކުން ބަލިކޮށް ޗެންޕިއަން ރެއާލް މެޑްރިޑް އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮއްފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ގޯލްކީއްޕަރު ޖިއޯޖީ މަމަރުދަޝްވިލީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެދިޔައިރު އޭނާ ވަނީ މިހާފުގައި ރެއާލްގެ ސްޕެނިޝް މިޑްފީލްޑަރ މާކޯ އަސެންސިއޯ އަދި ބުރެޒިލްގެ ފޯވާޑް ވިނީޝިއަސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ރެއާލް މެޑްރިޑުގެ ޖަރުމަން ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ނިންމީ ރުޑިގާ އެބޯޅަ ގޯލުތެރެއަށް ފޮނުވާލުމުގެ ކުރިން ރެއާލްގެ ކެޕްޓަން ބެންޒެމާ ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ މިޑްފީލްޑަރ ޔޫނުސް މޫސާއަށް ފައުލްކޮށްފައިވާކަމަށެވެ.

ރެއާލް މެޑްރިޑް ކުޅުންތެރިން ލަނދުޖެހުމަށް ފަހު އުފާ ފާޅުކުރަނި

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ރެއާލުން ވަނީ ގާތްގާތުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ރެއާލްގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ އަސެންސިއޯ އެވެ. މި ރެއާލްގެ ކެޕްޓަން ކާރީމް ބެންޒިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭގެ ދެމިނެޓު ފަހުން ބެންޒިމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ތަރި ވީނީޝިއަސް އެވެ. މިއީ ރެއާލަށް ކުޅެދިން 200 ވަނަ މެޗުގައި ވިނީޝިއުސް އެ ޓީމަށް ކާމިޔާބުކޮށްދިން 50 ވަނަ ގޯލެވެ.

ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދޭން އޭރިއާތެރެއިން ބެންޒެމާ އަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރުން ދިފާއުކުރިއެވެ. އަދި އެބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ބެންޒެމާގެ ފަލަމަސްގަޑަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހަފުގެ 72 ވަނަ މިނިޓްގައި ވެލެންސިއާގެ ޑިފެންޑަރ ގަބްރިއެލް ޕައުލިސްޓާ ރެއާލްގެ ވިނީޝިއަސްއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެ ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއްކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ވެލެންސިއާ އަށް މެޗުގެ ފަރަގު ބޮޑުވިޔަނުދީ ހިފަހައްޓާލެވުނީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި އެޓީމުގެ ގޯލްކީއްޕަރު މަމަރުދަޝްވިލީގެ ސަބަބުންނެވެ. އޭނާ ވަނީ ފަހުވަގުތު ވަލްވޭޑޭ އަދި ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ދެހަމަލާއެއް ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

ވެލެންސިއާގެ ޑިފެންޑަރ ގަބްރިއެލް ޕައުލިސްޓާއަށް ރެފްރީ ރަތް ކާޑު ދައްކަނީ

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 19 މެޗުން ރެއާލް މެޑްރިޑަށް ލިބިފައިވަނީ 45 ޕޮއިންޓެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް 19 މެޗުން 50 ޕޮއިނޓް ލިބިފައިވާއިރު މިރޭގެ މެޗުން ބަލިވި ވެލެންސިއާ މިވަގުތު އޮތީ 19 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު ލީގު ތާވަލުގެ 14 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.