ބްރެޒިލްގެ ޑިފެންޑަރު، ގްލެއިސަން ބްރެމާ
ކުޅިވަރު
03 Feb 2023 | 07:28
އިޓާލިއަން ކަޕް ސެމީގެ ފަހުޖާގަ ޔުވެންޓަސް އަށް!

އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ފަހުޖާގަ ޔުވެންޓަސް އިން ހޯދައިފިއެވެ. މުބާރާތުގެ ކުއާޓާ ފައިނަލް ފަހު މެޗުގައި ރޭ ލާޒިއޯ އަތުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީއްޖާއަކުންނެވެ.

އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ދެ ލެގަށް ކުޅޭއިރު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ކުޅޭ ސެމީގެ މެޗުތަކުގައި ޔުވެންޓަސް އިން ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރަނީ ފިއޮރެންޓީނާ އާއި ކްރެމޮނީސޭ އެވެ. އިޓާލިއަން ލީގުގެ ފުލުގައި އޮތް ކްރެމޮނީސޭ ސެމީ ފައިނަލުން ޖާގަހޯދީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އަތުން ކުއާޓާ ފައިނަލުގައި މޮޅުވެގެންނެވެ. އަދި އެޓީމު ވަނީ މުބާރާތުގެ ދެވަނަ ބުރުގައި މި ސީޒަނުގައި އަދަޔާ ޚިލާފު މޮޅުކުުމަކާއި އެކު އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީ ވެސް ބަލިކޮށްފައެވެ.

ބްރެޒިލްގެ ޑިފެންޑަރު، ގްލެއިސަން ބްރެމާ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ ޑިފެންޑަރު، ގްލެއިސަން ބްރެމާ އެވެ.

މި ގޯލަކީ ޔުވެންޓަސްގެ ސާބިއާ ވިންގް، ފިިލިޕް ކޮސްޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލީޑު ފުޅާކޮށްލުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ޔުވެންޓަަސްގެ ކުޅުންތެރިންނަށް ނުހިފުނު އިރު ލާޒިއޯގެ ހަމަލާތައް ހުއްޓުވުމުގައި ޔުވެންޓަސްގެ ޑިފެންޑަރުން ވަނީ ރޭވުންތެރިކަމާއި އެކު މުޅި މެޗުގައިވެސް މޮޅުކުޅުމެއް ދައްކައިދީފައެވެ.

މި ފަހަރުގެ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް ވާދަކުރަން ޖެހުނުއިރު، މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކުރީ ވެސް މި ދެޓީމެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށް އަށް ވަނަ ފަހަރަށް އިންޓަ މިލާނުން މުބާރާތް ކާމިޔާބުކުރި އިރު ޔުވެންޓަސް އިން ވަނި މި މުބާތާރުގެ ޗެންޕިއަންކަން 14 ފަހަރު ހޯދައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.