Xd
ހަބަރު
03 Feb 2023 | 13:44
މަސްތުވެ އޯވާޑޯޒް ވެގެން މަރުވުމުގެ ސަބަބުން، އެތައް ކުދިންނެއް ވަނީ ޔަތީމް ވެފައި: ޚުތުބާ

މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަރޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއްނެތް އެތައް ކުދިންނެއް ވަނީ ޔަތީމުވެފައިވާ ކަމަށް މިއަދުގެ ހުކުރުޚުތުބާގައި ބުނެފިއެވެ. 

މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވަނީ މަސްތުވާތަކެތީގެ ނުރައްކަލުގެ މައްޗަށެވެ. 

އެގޮތުން ޚުތުބާގައި ބުނީ، މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާ، މިއަދު މި މުޖްތަމަޢުގައިވެސް ވަނީ މި ނުރައްކާތެރި ވަބާ ފެތުރި ޢާއްމުވެފައި ކަމަށެވެ.

އަދި ޤައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުންގެ ތެރެއިން ގިނަބަޔަކު މިވަނީ މިވަބާގައި ޖެހި، އެބައިމީހުންގެ އުއްމީދުތައް ވެއްޔާ މޮޑެވި މާޔޫސްވެފައިވާ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"މި ވަބާގައި ޖެހިފައިވާ ފަރުދަކު ނުވާ ޢާއިލާއެއް މިއަދު އަޅުގަނޑުމެންގެ ތެރޭފައި މަދުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަރޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއްނެތް އެތައް ކުދިންނެއް ވަނީ ޔަތީމުވެފައެވެ. އެތައް އަންހެނުންނެއް ވަނީ ހުވަފެންވެފައެވެ. އެތައް ޢާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ވަނީ ނިކަމެތިވެފައެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، މަސްތުވާތަކެތިން ލިބޭ ގެއްލުން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެތަކެތި ބޭނުން ކުރާ މީހުންނަށް ކަމަށާ، އެމީހުން އެ ގެންދަނީ އެމީހުންގެ ހަށިގަޑު އަމިއްލައަތުން ހަލާކުކުރަމުން ކަމަށެވެ. އަދި އިސްލާމް ދީނުގައި އެހެން މީހުންނަށް ގެއްލުން ދިނުމާއި ގެއްލުން ލިބިގަތުންވެސް ވަނީ ޙަރާމް ކުރައްވާފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ވަނީ މަސްތުވާތަކެތީގެ ނުރައްކާ ބޮޑުކަމުން މިއާ ދެކޮޅަށް ދުނިޔޭގައި ހަނގުރާމަ ކުރަނީ މުސްލިމު ގައުމުތަކުން އެކަނި ނޫން ކަމަށާ، ވަރަށް ގިނަ ޣައިރު މުސްލިމު ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބުދޭ ކަމަށް ބުނެފައެވެ.

އެހެންކަމުން، މިރާއްޖޭގައިވެސް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާމީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.