ހޯޕް ކޮންފަރެންސް ގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: ފޮޓޯ/ޕީޕީއެމް
ހަބަރު
03 Feb 2023 | 15:41
"ބޭކާރު މިވީ 5 އަހަރު؛ ދަރިންގެ މުސްތަގުބަލަށްޓަކައި ރައީސް ޔާމިން ވެރިކަމަށް އިންތިހާބު ކުރަންޖެހޭ"

5 އަހަރު ބޭކާރުވެގެން ގޮސްފައިވާ ކަމަށާ، އެހެންކަމުން ދަރިންގެ މުސްތަގުބަލަށްޓަކައި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ޔާމިން ވެރިކަމަށް އިންތިހާބު ކުރަންޖެހޭ ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

‏މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ދަރުބާރުގޭގައި ބާއްވަމުންދާ "ހޯޕް ކޮންފަރެންސް"ގެ ފުރަތަމަ ސެޝަނުގައި  މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހަލުއިކަމާއެކު ތަރައްޤީ ގެނެވުނު ސަބަބުތައް ތަފްސީލް ކޮށްދެއްވާފައެވެ.

އެގޮތުން، ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ.މުޢިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނަކީ މަސައްކަތްތައް ކުރިއަށްދާ ގޮތް ކޮންމެ ދުވަހަކުވެސް ބެއްލެވި ބޭފުޅެއް ކަމަށެވެ. ކޮންމެ ދުވަހަކުވެސް ވުޒާރާތަކައި ކުންފުނިތަކުގެ ވެރިންނަށް ގުޅުއްވައި މަސައްކަތްކުރިއަށްދާ ގޮތް ބެއްލެވުމުގެ އިތުރަށް ބޭނުންފުޅުވާ ވަގުތެއްގައި އެ ބޭފުޅުން އޮފީހަށް ގެންދަވައިގެން ވަކިންނާއި އެކީގައި ބައްދަލުކުރައްވައި މަސައްކަތުގެ އަދާހަމަ މައުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވާ ކަމަށެވެ. 

މިއާއެކު މުއިއްޒު ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 4 މަސް ދުވަހުގެ ތެރޭގައި ރަސްފަންނު ހަދައި ނިންމެވި ގޮތަށް އަލިއަޅުވާލައްވައި، އެމަނިކުފާނުގެ ރޭވުންތެރިކަމާއި، މަސައްކަތުގެ ހަލުވި ކަމަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން އެ މަޝްރޫޢު ނިންމެވުމަށް 4 މަސް ދުވަސް ދެއްވައި، އެކަމަށް ބޭނުންވާ ހުރިހާ ކުންފުނިތަކާއި އިދާރާތައް އެއްކުރައްވައި މަސައްކަތްކުރަން އިރުޝާދުދެއްވައި ވަރަށް ގާތުން މަސައްކަތް ބައްލަވައި ދަތިވާ ކޮންމެ ކަމެއް ހައްލުކޮށްދެއްވިކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ތަރައްޤީގެ އެންމެހައި ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުވާލައްވައި ޑރ.މުއިއްޒު ވަނީ އެ މަނިކުފާނުގެ ސަރުކާރާއި މި ސަރުކާރުގެ ތަފާތާއި މެދުވެސް އަޅައި ކިޔުއްވާފައެވެ. އަދި އެފަދަ ސަބަބުތަކާހުރެ ޕީޕީއެމުން މިހާރު މަސައްކަތްކުރަންވީ ރައީސް ޔާމީން މިނިވަންކޮށް ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ރައްޔިތުންވެސް ވިސްނަންވީ ކަމަކީ މިގައުމަށް ގެއްލިގެން މިދިޔައީ 5 އަހަރޭ. އެތައް ގޮތަކުން. އެއްބައި ގޮތް ގޮތުން ބަލައިފިއްޔާ އިއާދަ ނުކުރެވޭނެހެން ހީވާ ކަންކަންވެސް އެބަހުރި. އެހެންވީމަ މިގައުމު އެދި ގޮވަނީ ރައީސް ޔާމީންގެ 2 ވަނަ ދައުރަކަށޭ. އެހެންވީމަ މިކަން ކުރަން އަތުކުރިއޮޅާލަން ހިނގާށޭ މަސައްކަތް ކުރަން."

"އަޅުގަނޑުމެން އެކީގައި މަސައްކަތް ކޮށް ގައުމުގެ ރައްޔިތުންނަށް މިކަން ވިސްނައިދީގެން، ގައުމުގެ މުސްތަގުބަލަށްޓަކައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި، މި ގައުމުގެ ސަލާމަތަށްޓަކައި، މިނިވަންކަމަށްޓަކައި، އަޅުގަނޑުމެން އަތުކުރި އޮޅާލައިގެން އެމަނިކުފާނަށް ވާދަކުރެވޭނެ ގޮތަށް މަސައްކަތް ކޮށް، އެމަނިކުފާނަށް އެފުރުސަތު ހޯދައިދީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ގެނައިމުގެ މަސައްކަތުގައި އަޒުމް ކަނޑައަޅަން." ޑރ. މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ