ޑރ ޖަމީލު ހޯޕް ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
04 Feb 2023 | 11:03
ރައީސް ޞާލިހުގެ މައްޗަށް ގާނޫނު ހިންގައިފިނަމަ 2000 އަހަރުގެ ޖަލުހުކުމެއް އަންނާނެ: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ދައުވާކޮށްފިނަމަ މަދުވެގެން 2000 އަހަރުގެ ޖަލުހުކުމެއް އަންނާނެކަމަށް ކުރީގެ ނައިބުރައީސް އަދި ރައީސް ޔާމީން އަބްދުލްގައްޔޫމުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "ހޯޕް" ކޮންފަރެންސްގައި ރައީސް ޔާމީނުގެ ގާނޫނީ ޓީމުން ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލަމުންދާ ދައުވާތަކާއި ގުޅޭގޮތުން މައުލޫމާތު ސެޝަނެއް ބާއްވާފައެވެ. 

އެ ސެޝަންގައި ބައިވެރިޔަކު ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ގިނަ ޖަރީމާތަކެއް ހިންގަމުންދާކަން ފާހަގަކުރައްވާއިރު، އެމަނިކުފާނު އަޒުލުކުރުމަށް ގާނޫނީ ޓީމުން އެއްވެސް މަސައްކަތްޕުޅެއް ކުރައްވަންތޯ އައްސަވާ ސުވާލުކުރައްވާފަ އެވެ. 

އެ ސުވާލުގެ ޖަވާބުދެއްވަމުން ރައީސް ޔާމީނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޞާލިހުގެ މައްސަލަ އިންސާފުވެރިކަމާއެކު ބަލައިފިކަމަށް ވާނަަމަ އެމަނިކުފާނުގެ މައްޗަށް 2000 އަހަރުގެ ހުކުމެއް ޔަގީނުންވެސް އަންނާނެ ކަމަށެވެ. 

"ތެދުތެދަށް ދަންނަވާނަމަ މިހާރު ރާއްޖޭގައި ހެދިފައިހުރި ގާނޫނުތައް ރައީސް ޞާލިހުގެ މައްޗަށް ހިންގައިފިކަމަށް ވާނަމަ އަޅުގަނޑަކަށް ހިޔެއް ނުވޭ ކުރިއަށް އޮތް 2000 އަހަރުވެސް ޖަލުން ސަލާމަތްވާނެ ހެނެއް.. އުމުރެއް ދެން އިންސާނަކަށް ނުއެއް ލިބޭނެ"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަން ނިންމާނީ މި އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބުން ބަލިކުރައްވާ ރައީސް ޔާމީން ކަމަށެވެ. 

ރައީސް ޔާމީނަކީ މައުސޫމު ބޭފުޅެއްކަން ހައިކޯޓު މަރުހަލާއިން ސާބިތުވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ދެން ވެސް އެމަނިކުފާނުގެ މައްޗަށް ކުރަމުންދަނީ އުފައްދާފައިވާ ދައުވާތަކެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.