ޑިކޯވެގެން ފަރުވާ ހޯދަމުންދާ ސައީދު.
ހަބަރު
04 Feb 2023 | 17:00
ޑިކޯ ވެގެން ގެންދިޔަ ސައީދުގެ ޙާލު ގޯސްވީ އޭއެސްއެމްއެޗް އިން ފަރުވާ ކުޑަކުރުމުން: ފިރުޝާން

ޑިކޯ ވެގެން ތިނަދޫ ޢަބްދުޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އަހްމަދު ސަޢީދުގެ ޙާލު ގޯސްވީ އެހޮސްޕިޓަލުން ފަރުވާ ކުޑަ ކުރުމުން ކަމަށް ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރ ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ޑިކޯ ވެގެން ގެންދިޔަ ސަޢީދަކީ ގއ.ކޮނޑޭ މަސްވެރިއެކެވެ.

މި ކަމާއި ގުޅިގެން ފިރުޝާން ކުރެއްވެވި ޓްވީޓުގައި ވިދާޅުވީ ޑިކޯވެގެން ގެންދިޔަ ސަޢީދު ފެބްރުއަރީ 1ގައި ޑޮކްޓަރ އަށް ދެއްކުމުން އޭއެސްއެމްއެޗް އިން އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމައި ހަމަ އެދުވަހު ދޫކޮށްލިކަމަށެވެ.

އޭގެފަހުން ސަޢީދު އަމިއްލައަށް މާލެ އައިސް މިހާރު އޭޑީކޭއިން ފަރުވާ ހޯދަމުން ދާކަމަށެވެ.

އެއްދުވަސް ލަސްވުމާއި ފްލައި ކުރުމާއި ގުޅިގެން ލިބިފައިވާ ގެއްލުން މިހާރު ބޮޑުވެފައިވާ ކަމަށް އެޑީކޭގެ ޑޮކްޓަރުން ވިދާޅުވިކަމަށް ސައީދުގެ އާއިލާއާއި ހަވާލާދީ ފިރުޝާން ވިދާޅުވެފައިވެއެވެ.

މިވަރުވީއިރު އަޅައި ނުލައި ދޫކޮށްލުމަކީ ދެރަވަރު ކަމެއްކަމަށް ވެސް ފިރުޝާން  ވިދާޅުވިއެވެ.

އާއިލާއިން "ވޮއިސް" އަށް ކިޔައިދިންގޮތުގައި މި މައްސަލާގައި ހޮސްޕިޓަލްއިން އަމަލުކށްފައިވަނީ އާދައިގެ ހުމަކަށް ފަރުވާދޭ އުސޫލުންކަމަށާއި، ދޭންޖެހޭ އަވަސްފަރުވާ ނުދެވުމުގެ ސަބަބުން މިހާރު ދާއިމީ ނުކުޅެދުންތެރިކަމަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. 

"އޭޑީކޭގައި ޑީކޯ 2 ޝެޝަން ނަގައިފި. ކޮންމެ ސެޝަނެއް އެއީ 2 ގަޑިއިރާއި 30 މިނެޓު. އެއީ ޖުމްލަ 5 ގަޑިއިރުގެ ފަރުވާ. ކޮންމެ ގަޑިއިރަކަށް 1000-2000 ޑޮލަރު އަރާ، ބައްޕަގެ ހާލު ދެރަވުމުން އިތުރަށް އެޗްޑީޔޫގައިވެސް ފަރުވާދޭންޖެހިފައިވަނީ" ސައީދުގެ ދަރިއެއް ވޮއިސްއަށް މައުލޫމާތު ދިނެވެ.

ޑީކޯވުން ރާއްޖޭގައި މިހާރު ދަނީ އާންމުވަމުންނެވެ. ހާއްސަކޮށް ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފުމަށާއި ފާނަ ހިފަން ފީނާ ބައެއް މަސްވެރިން މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވެއެވެ.

ޑީކޯގެ ފަރުވާއަކީ އަގުބޮޑު ފަރުވާއެއްކަމަށްވާއިރު މިފަރުވާއަކީ އާސަންދަ ހަމަޖެހޭގޮތައް އޮންނަ ފަރުވާއެއްނޫނެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކުން މި ފަރުވާ ނުދެވޭއިރު މިވަގުތު މާލެގައި މި ފަރުވާދެވެން ހުންނަނީ އޭޑީކޭ ހޮސްޕިޓަލްގައި އެކަނިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.