ވަޒީފާއާއި ބެހޭ ޓްރަބިޔުނަލްގެ މެމްބަރ މަރިޔަމް ޝަޢްމާ އިބްރާހިމް ދަރިފުޅާއެކު އޮފީހުގައި
ހަބަރު
04 Feb 2023 | 21:49
ޝަމްޢަ ދެއްކި ވާހަކަތައް ޓްރަބިޔުނަލް އިން ދޮގު ކޮށްފި

ވިހެއުމުންދޭ ދެމަސް ދުވަހުގެ ޗުއްޓީ އާއި މެދު ވަޒީފާއާއި ބެހޭ ޓްރަބިއުނަލްގެ މެމްބަރ މަރިޔަމް ޝަމްޢާ އިބްރާހިމް ދެއްކެވި ވާހަކަތައް އެ ޓްރަބިޔުނަލް އިން ދޮގުކޮށްފިއެވެ.

ޝަމްޢާ ގެ ވާހަކައިގައި ވިދާޅުވެފައިވަނީ ދަރިފުޅުގެ ހާލު މި ވަގުތު ހުރި ގޮތުން އެންމެ ދެ މަހުގެ ޗުއްޓީއަކުން އޭނާ އަށް ނުވާނެތީ އެދިވަޑައިގަތީ ޗުއްޓީ އިތުރު ކޮށްދިނުމަށެވެ. އެކަމަކު، މަސައްކަތް ކުރާތާ ނުވަ އަހަރުވެފައިވާ ޓްރައިބިޔުނަލުން އޭނާ އަށް އެ ފުރުސަތު ދޭން ދެކޮޅު ހެދީ ކަމަށް ވިދާޅުވި އެވެ.

މިވާހަކައަށް ރައްދު ދެއްވައި ޓްރަބިޔުނަލުން ބުނެފައިވަނީ މެޓާނިޓީ ލީވް އިތުރުކޮށްދިނުމަށް އެދިވަޑައިގެންނެވި ނަމަވެސް، އެ މުއްދަތު އިތުރުކުރުމުގެ ބާރެއް ޓްރައިބިއުނަލްގެ ރައީސަށް ލިބިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް، ދިމާވާ ކަންތައްތަކާ ގުޅިގެން އުސޫލުގެ ތެރެއިން ހާޒިރީއާ ގުޅިގެން ދެވެން ހުރި ލުއިތައް ދެވޭނެކަން ޝަމްއާ އަށް އަންގާފައިވާނެ ކަމަށާއި މީގެ ކުރިން ވެސް ދިމާވި އެކި ހާލަތްތަކާ ގުޅިގެން ހާޒިރީއާ ގުޅޭ ކަންކަމުގައި ލުއި ދީފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުން ކަމަށް ވިދާޅުވެ ޝަމްޢާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދެ މަހުގެ ފިރިހެން ދަރިފުޅާ އެކު އޮފީހަށް ނުކުންނަވަން ފައްޓަވައިފަ އެވެ. ޓްރަބިޔުނަލްގެ ބަޔާނުގައި ބުނެފައިވަނީ ވިހެއުމުން ދޭ ދެ މަސް ދުވަހުގެ ޗުއްޓީގެ މައްސަލައިގައި، ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ ޤާނޫނުތަކާއި އުސޫލުތަކާ އެއްގޮތަށް ޝަމްޢާ އަށް ދެވެން ހުރި ހުރިހާ ލުއިތަކެއް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެއީ މެމްބަރެއްގެ ހައިސިއްޔަތުން ޝަމްޢާ އަށް އެނގިވަޑައިގަންނަވާނެ ކަންކަން ކަމަށް ވިޔަސް، ކަން ހިނގާފައިވާ ގޮތް އޮޅޭ ގޮތަށް އަދި ޓްރައިބިއުނަލްގެ ނަން ބަދުނާމުވާނެ ގޮތަށް ސޯޝަލް މީޑިއާ އާއި މީޑިއާ އަށް މައުލޫމާތު ދެއްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މާޗު 2019 އިން ފެށިގެން އަންނަނީ މުސާރަ ލިބޭ ގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވެއް ދެމުންނެވެ. ޓްރައިބިއުނަލަކީ މިނިވަން އިދާރާއަކަށް ވާތީ އެ ތަނުން އަމަލުކުރާނެ ގޮތެއް ވަނީ މެމްބަރުންގެ އިއްތިފާގުން ނިންމައިފަ އެވެ. އެ ކަން ނިންމީ ވެސް ޝަމްޢާގެ ވެސް ވޯޓާއެކު ކަމަށް ޓްރައިބިއުނަލްގެ ބަޔާނުގައި ވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ކުރިން، ޓްރައިބިއުނަލްގެ މެމްބަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑެއް މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް، އޮގަސްޓް 25، 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ އުސޫލު ފާސްކުރިއިރު ޝަމްޢާ ހިމެނޭހެން ހުރިހާ މެމްބަރުން ތާއިދު ކުރެއްވި ކަމަށް ބަޔާނުގައި ބުންޏެވެ.

މީގެ ކުރިން އެ އޮފީހުގެ އެހެން ބައެއް މެމްބަރުން ދަރިން ގޮވައިގެން އޮފީހަށް ވަޑައިގަންނަވާ ކަމަށާއި އެކަމަކު ކުރިން އެކަން މަނާ ނުކުރާ ކަމަށާއި، އެ ތަނުގެ އެހެން މުވައްޒަފުންނަށް ވަޒީފާގެ ލުއިތައް ހަމަޖައްސައިދީފައި ހުއްޓަސް، އޭނާ އަށް އެ ފުރުސަތު ނެތް ކަމަށް ޝަމްޢާ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ ކަމަށް ރައްދު ދެމުން ޓްރައިބިއުނަލުން ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުން ކުޑަކުއްޖަކާ ގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަން ދޭންވާނީ އެ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބުނާއިރު، ތުއްތުކުދިން ގެންގުޅުމަށް އެއްވެސް ވަރަކަށް އެކަށީގެންވާ މާހައުލެއް ޓްރައިބިއުނަލްގައި މި ވަގުތު ނެތެވެ. އެހެންވެ، އެއްވެސް މެމްބަރަކު އަދި މުވައްޒަފަކު ވެސް ރަސްމީ ގަޑީގައި އޮފީހުގައި ބައިތިއްބާ ގޮތަށް ތުއްތުކުދިން އޮފީހަށް ނުގެންދިއުމަށް އިރުޝާދު ދީފައިވާނެ ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.