ޖޭމްސް ޓާކޮވްސްކީ ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
04 Feb 2023 | 22:52
ތާވަލުގެ ފުލުގައި އޮތް އެވަޓަން އަތުން އާސެނަލް ބަލިވެއްޖެ!

އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ތާަވަލުގެ ފުލުގައި އޮތް އެވަޓަން އާއި ވާދަކޮށް 1-0 ގެ ނަތީއްޖާއަކުން އާސެނަލް ބަލިވެއްޖެއެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި މިއަދު ހަވީރު ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރީ މިވަގުތު ފަސް ޕޮއިންޓްގެ ލީޑަކާއި އެކު ތާވަލުގެ އެއްވަނާގައި އޮތް އާސެނަލް އިންނެވެ. ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ އެވަޓަން އިންނެވެ. މިގޮތުން އެޓީމު ޑޮމިނިކް ކަލްވާޓް-ލެވިން އާއި އަބްދޫލަޔޭ ޑޫކޫރޭއަށް ވަނީ ހުސް ދެ ފުރުސަތުލިބި ބޭނުންހިފޭގޮތް ނުވެފައެވެ.

ފުރަތަމަ ހާފުގައި އާސެނަލް ޓީމުން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ އިގިރޭސި ފޯވާޑް ބުކަޔޯ ސަކާ އަށެވެ. އެވަޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަކާ ފޮނުވާލި ހަމަލާ އެޓީމުގެ ޑިފެންޑަރަކު ވަނީ ބްލޮކުކޮއްފައެވެ.

އާސެނަލް އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ކުޅުން ރަގަޅު ކުރިއެވެ. އަދި ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ނިމިދިޔަ ޖެނުއަރީ ޓްރާންސްފާގައި އެޓީމާއި ގުޅުނު ދެ ކުޅުންތެރިންކަމަށްވާ ޖޯޖީނިއޯ އާއި ލިއަންޑްރޯ ޓްރޮސާޑް ކުޅެން ނުކުތެވެ. އޭގެ މިނެޓެއްފަހުން އެވަޓަންގެ އިންގްލެންޑް ޑިފެންޑަރ ޖޭމްސް ޓާކޮވްސްކީ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ލީޑު ހޯދައި ދީފައެވެ. މިއީ އެޓީމުގެ ޑްވައިޓް މެކްނީލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެވަޓަންގެ ލަނޑައްފަހު އާސެނަލް އިން ކުރިއައްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެވަޓަންގެ ޑިފެންޑަރުން ވަނީ އާސެނަލްގެ ކުޅުންތެރިން ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. މި ހާފުގައި އާސެނަލް ޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޔުކުރޭން ޑިފެންޑަރ  ޒިންޗެންކޯއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށެވެ.

މިއީ 2022 ސެޕްޓެންބަރު މަހު ލީގު މެޗެއްގައި އާސެނަލް ބަލިވި ފަހުން ޕްރެމިއާ ލީގު މެޗެއްގައި އެޓީމު ބަލިވި ފުރަތަމަ މެޗެވެ. މި މެޗުން ބަލިވި ނަމަވެސް ލީގު ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑަކާއި އެކު އަދިވެސް އޮތީ އާސެނަލް އެވެ. 20 މެޗު ކުޅެގެން އެޓީމަށް 50 ޕޮއިންޓް ލިބިފައިވާއިރު މި މެޗުން ލިބުނު ތިން ޕޮއިންޓައި އެކު އެވަޓަން އިން ވަނީ 21 މެޗުން 18 ޕޮއިންޓް ހަމަކޮށް ލީގު ތާވަލުގެ 18 ވަނައަށް ކުރިއަށްޖެހިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.