ފެނާންޑޭޒް ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދެނީ
ކުޅިވަރު
04 Feb 2023 | 23:34
10 ކުޅުންތެރިންނާއި އެކު ކުޅެ ޔުނައިޓެޑު ތިން ވަނައަށް!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާއި ވަދަކޮށް 2-1 ގެ ނަތީއްޖާއަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑު ވަގުތީ ގޮތުން ޕްރެމިއާ ލީގު ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް ވަނީ އެޓީމަށް ލީޑު ހޯދައިދީފައެވެ. މިއީ ޕެލަސްގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަޖެހުމުން ވީއޭއާރުން ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެެކެވެ.

ރަޝްފޯޑް ޔުނައިޓެޑުގެ ދެވަނަ ލަނޑު ކާމިޔާބުކުރުމަށް ފަހު އުފާ ފާޅުކުރަނި

ފުރަތަމަ ހާފުގައި ޔުނައިޓެޑުން ގިނަވަގުތު ބޯޅަގެންގުޅެ މެޗުޑޮމިނޭޓުކުރި އިރު މިހާފުގައި އެޓީމުގެ ފޯވާޑް ވޯޓް ވެގްހޯސްޓްގެ އިތުރުން ރަޝްފޯޑް އަދި ބްރެޒިލްގެ މިޑްފީލްޑަރ ފުރެޑްއަށް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ރަގަޅު ހުސް ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައެވެ. މި ހާފުގައި ޕެލަސް އިން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ގާނާ މިޑްފީލްޑަރ ޖެފްރީ ޝްލޫޕް އަށެވެ. ނަމަވެސް އޭނާ ފޮނުުވާލި ހަމަލާ މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލްކީއްޕަރު ވަނީ ހުޝިއާރުކާމާއި އެކު ދިފާއުކޮށްފައެވެ.

ދެވަނާ ހާފު ފެށިގެން 62 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ލީޑު ފުޅަކޮށްދިނީ މިސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އިގިރޭސި ފޯވާޑް މާކަސް ރަޝްފޯޑުއެވެ. މިއީ މިސީޒަނުގައި، ލީގުގައި އޭނާ ކާމިޔާބުކޮށްދިން 10 ވަނަ ލަނޑެވެ. މެންޗެސްޓަރ އިން ދެ ލަނޑުގެ ލީޑެއް ނެގިތާ މާގިނައިރު ނުވަނީސް ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރ ކަސަމީރޯ ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ސީދާ ރަތް ކާޑޭއް ދައްކާ ދަނޑުފޮނުވާލާފައެވެ.

މެޗުގެ ފަހު 20 މިނެޓުގަައި ޔުނައިޓެޑުން އެއްކުޅުންތެރިއެއް މަދުކޮށް ކުޅެންޖެހުމުގެ ފައިދާނަގައި ފެލަސް އިން ކުރިއަށްޖެހި މެންޗެސްޓާގެ ގޯލަށް ނުރައްކާކުރަންފެށުުގެ ނަތީއްޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގާނާގެ މިޑްފީލްޑަރ ޖެފްރީ ޝްލޫޕް އެވެ. މިއީ އެޓީމުގެ މާލީ މިޑްފީލްޑަރ ޗެއިކް ޑޫކޫރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެދު ވަގުތީގޮތުން ތިން ވަނައަށްޖެހިލާފައި ވާއިރު 21 މެޗު ކުޅެގެން އެޓީމަށް ލިބިފައި ވަނީ 42 ޕޮއިންޓެވެ. މިރޭ ނިއުކާސަލް އާއި ވެސްޓް ހޭމް ވަދަކުރާ މެޗުން ނިއުކާސަލް މޮޅުވެއްޖެނަމަ އެޓީމަށް އަލުން ޓޭބަލްގެ ތިންވަނަ ލިބޭނެއެވެ. މިރޭގެ މެޗުން ބަލިވި ކްރިސްޓަލް ޕެލަސް މިވަގުތު އޮތީ 21 މެޗުން ލިބުނު 24 ޕޮއިންޓާއި އެކު ތާވަލުގެ 12 ވަނާއިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.