ކްރެއިގް ޑޯސަން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
05 Feb 2023 | 00:15
ވުލްވްސް އިން ލިވަޕޫލް ކިބައިން ބަދަލުހިފައިފި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވުލްވްސް އާއި ވަދަކޮށް 3-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން ބަލިވެ ލިވަޕޫލް ލީގު ތާވަލުގެ 10 ވަނައަށް ވެއްޓިއްޖެއެވެ.

އިގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިދެ ޓީމު ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގެ ފަހުވަގުތު ވުލްވްސް އިން ކާމިޔާބުކުރި ލަނޑު ވީއޭއާރު އިން ބެލުމަށް ފަހު އެއީ އެފްސައިޑް ގޯލަކަށް ނިންމުމުން 2-2 ގެ ނަތީއްޖާއަކުން މެޗު އެއްވަރުވުމާއި ގުޅިގެން އެ މެޗުގެ ރީޕްލޭ މެޗެއް ވަނީ ކުޅެވިފައެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު އެމެޗު 1-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދީ ލިވަޕޫލް އެވެ.

ވުލްވްސް ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ވުލްވްސްގެ ގޯލް ވީއޭއާރު އިން ކެންސަލް ކުރުމާއި ގުލިގެން ގިނަ ބައެއްގެ ފާޑުކިއުން އިގިރޭސި އެފް އޭއަށް އަމާޒުވެފައި ވާއިރު މިރޭގެ މެޗުގެ ނަތީއްޖާއަކީ ބަދަލުހިފުމެއްކަމަށް ސޯޝަލް މީޑިއާގައި ވުލްވްސް ސަޕޯޓަރުން ސިފަކޮށްފައި ވެއެވެ. 

މިރޭގެ މެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ މެޗުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލުގެ ކެމަރޫން ޑިފެންޑަރު ޖޮއެލް މަޓިޕް ފައިގައިޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އަދި ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ވުލްވްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދިނީ އިގިރޭސި ޑިފެންޑަރ ކްރެއިގް ޑޯސަން އެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީއްޖާއަކުން ވުލްވްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހަފުގައި ލިވަޕޫލުން ބަދަލުތަކެއްގެނެސް ކުޅުން ރަގަޅުކުރި ނަމަވެސް ލަނޑުޖަހާނެ މާ ރަގަޅު ހުސް ފުރުސަތުތަކެއް އެޓީމަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މި މެޗުގައި ވުލްވްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި ސްޕެނިޝް ފޯވާޑް އެޑަމާ ޓްރައޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޕޮޗުގަލްގެ މިޑްފީލްޑަރ ރުބެން ނެވްސް އެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 21 މެޗުން 20 ޕޮއިންޓް ހަމަކޮށް ވުލްވްސް ވަނީ ޕްރެމިއާ ލީގު ތާވަލުގެ 15 ވަނައަށް ކުރިއަށްޖެހިލާފައެވެ. މިރޭގެ މެޗުން ބަލިވި ލިވަޕޫލް ވަނީ 21 މެޗުން ލިބިފައިވާ 29 ޕޮއިންޓައިއެކު ތާވަލުގެ 10 ވަނައަށް ވެއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.