ބްރެންކޯ ވެން ޑެން ބޫމެން
ކުޅިވަރު
05 Feb 2023 | 01:19
ހަކީމީގެ މޮޅު ކުޅުމާއި އެކު ޕީއެސްޖީއަށް މުހިންމު މޮޅެއް!

ފުރާންސް ލީގުގައި ޓޫލޫސް ލަނޑެއްޖަހައި ލީޑު ހޯދައިފައި ވަނިކޮށް ފަހަތުންއަރާ ދެ ލަނޑު ކާމިޔާބުކޮށް ޕީއެސްޖީ އިން ލީގު ތާވަލުގެ ކުރީގައި 8 ޕޮއިންޓުގެ ލީޑެއްނަގައިފިއެވެ.

އަނިޔާގެ ސަބަބުން ޕީއެސްޖީގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އެމްބާޕޭ އަދި ނޭމާ އާއި ނުލައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޓޫލޫސްގެ ނެދަލޭންޑްސް މިޑްފީލްޑަރ ބްރެންކޯ ވެން ޑެން ބޫމެން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިއީ ޕީއެސްޖީ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުމަކުން ބޫމެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މޮރޮކޯގެ ޑިފެންޑަރ އަޗްރަފް ހަކީމީ

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އިން މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ. މި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅުކުޅުމެއްދެއްކި މޮރޮކޯގެ ޑިފެންޑަރ އަޗްރަފް ހަކީމީ އެވެ. މިއީ ސްޕެނިޝް މިޑްފީލްޑަރ ކާލޯސް ސޮލަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަކިީމީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުފެށިގެން 58 ވަނަ މިނެޓުގައި ފުރަތަމަ ފަހަރަށް މިމެޗުގައި ޕީއެސްޖީއަށް ލީޑު ހޯދައިދިނީ ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިއީ ލީގުގައި މެސީ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު 22 މެޗުން ޕީއެސްޖީއަށް ވަނީ 54 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް މާސޭއަށް 21 މެޗުން ލިބިފައި ވަނީ 46 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ޓޫލޫސް މިވަގުތު އޮތީ 22 މެޗުން ލިބުނު 29 ޕޮއިންޓާއި އެކު ތާވަލުގެ 12 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.