ގާފަރު ކުޅުންތެރިން ޗެރިޓީ ޝީލްޑްއާއި އެކު
ކުޅިވަރު
05 Feb 2023 | 05:56
ފަސޭހަކަމާއި އެކު ޗެންޕިއަން ތިމަރަފުށި ބަލިކޮށް ގާފަރުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ފެއްޓުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗް އެންމެ ފަހުގެ ޗެންޕިއަން ތިމަރަފުށި ބަލިކޮށް ގާފަރުން ކާމިޔާބުކޮށްފިއެވެ. މެޗުން މޮޅުވާ ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މި ފައިސާ ވަނީ ސްޕެޝަލް އޮލިމްޕިކްސް އަށް ހަދިޔާކޮށްފަ އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް އެއް ނަންބަރު ދަނޑުގައި ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ބޭއްވުނު ކުލަގަދަ ރައްސްމިއްޔާތުގައި މުބާރާތުގެ ލަވަ ހުށަހަޅައިދިނުމުގެ އިތުރުން މުބާރާތުގެ އައު ތަށި ވަނީ ދައްކާލާފައެވެ. ތަށި ދައްކާލީ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށީގެ ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ)އެވެ.

އެންމެ ފަހުގެ ދެ އަަހަރުގެ ޗެންޕިއަން ތިމަރަފުއްޓާއި ވާދަކޮށް އެންމެ ފަހުގެ ރަނަރަޕް ގާފަރު ރޭގެ މެޗު ކާމިޔާބުކުރީ ފަސޭހަކަމާއި އެކު 3-0 ގެ ނަތީއްޖާއަކުންނެވެ. ގާފަރުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ އަޒްޔާން އިބްރާހީމެވެ. މިއީ އެޓީމުގެ ކެޕްޓަން ސާމިން މުހައްމަދު ނަސީރު ތަނަވަސްކޮށްދިން ފުރުސަތެއްގައި އަޒްޔާން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެރިޓީ ޝީލްޑް

ދެވަނަ ހާފުގައި ގާފަރުން އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައިވާ އިރު މި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ މިރޭގެ މެޗުގައި މޮޅުކުޅުމެއްދެއްކި އިބްރާހީމް ރިމާހް (ރިމޭ) އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 މުބާރާތުގެ މެޗުތައް މިއަދު ފެށޭއިރު، މިފަހަރުގެ މުބާރާތުގައި 102 ޓީމު ބައިވެރިވެފައި ވެއެވެ. ފެބުރުއަރީ 05 ފެށިގެން މާރިޗު މަހުގެ 19 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި މުބާރާތުގައި މި އަަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.