ޕާކިސްތާންގެ ކުރީގެ ރައީސް ޖެނަރަލް މުޝައްރަފް
ދުނިޔެ
05 Feb 2023 | 12:16
ޕާކިސްތާންގެ ކުރީގެ ރައީސް ޖެނަރަލް މުޝައްރަފް އަވަހާރަ ވެއްޖެ

ޕާކިސްތާންގެ ކުރީގެ ރައީސް ޖެނަރަލް މުޝައްރަފް އުމުރުން 79 އަހަރުގައި އަވަހާރަ ވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޝައްރަފު އަވަހާރަވެފައިވަނީ އެމީލޮއިޑިސް ކިޔާ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އެމެރިކަން ހޮސްޕިޓަލްގައި މިއަދު ހެދުނުގެ ވަގުތެއްގަ އެވެ.

އެމީލޮއިޑިސް އަކީ ހަށިގަނޑުގައި ހިމެނޭ ޓިޝޫތަކާއި ގުނަވަންތަކުގައި އެބްނޯމަލް ޕްރޮޓީން އެއް އުފެދުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހުމުން ގުނަވަންތައް އާދައިގެމަތިން މަސައްކަތް ކުރަންޖެހޭ ގޮތަށް މަސައްކަތް ކުރުމަށް ހުރަސް އަޅައެވެ. ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މުޝައްރަފް އަންނަނީ އެ ބައްޔަށް ފަރުވާ ކުރައްވަމުންނެވެ.

މުޝައްރަފު ދުބާއީގައި ދިރިއުޅުއްވުން ބަދަލު ކުރެއްވީ 2016 ވަނަ އަހަރު އެވެ. އޭނާ ދުބާއީއަށް ދިރިއުޅުން ބަދަލު ކުރީ 2007 ވަނަ އަހަރު އޭނާ ޕާކިސްތާންގެ ވެރިކަމުގައި ހުންނެވިއިރު ގާނޫނު އަސާސީ ސަސްޕެންޑްކޮށް ވެރިކަން ދަމަހައްޓަން ކުރި މަސައްކަތުގެ މައްސަލައިގައި ގައުމަށް ހިޔާނާތްތެރިވުމުގެ ދައުވާ އުފުލުމުންނެވެ.

އުމުރުން 18 އަހަރުގައި ޕާކިސްތާންގެ އަސްކަރިއްޔާ އާއި މުޝައްރަފް ގުޅިވަޑައިގަތީ 1961 ވަނަ އަހަރު އެވެ. 1964 ވަނަ އަހަރު އަސްކަރީ ކޮލެޖަކުން ގްރެޖްއޭޓްވެ ވަޑައިގެން މުޝައްރަފް އައީ އަސްކަރިއްޔާގައި ޕްރޮމޯޝަނަކަށް ފަހު ޕްރޮމޯޝަނެއް ހޯއްދަވަމުންނެވެ.

ބޭނަޒީރު ބުއްޓޫ 1988 އިން 1990 އަށް އަދި 1993 އިން 1995 އަށް ޕާކިސްތާންގެ ބޮޑުވަޒީރުކަން ކުރިއިރު މުޝައްރަފް އަކީ ބޭނަޒީރު ބުއްޓޫ އެންމެ އިތުބާރުކުރި އަސްކަރީ ޖެނެރަލުންގެ ތެރެއިން އެއްބޭފުޅެކެވެ. ބުއްޓޫގެ އެދެމަކަށް މުޝައްރަފް ވަނީ އިސްރާއީލްގެ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑް އާއި ބައްދަލުކޮށްފައެވެ. އޭގެފަހުން މޮސާޑާ ޕާކިސްތާންގެ ގުޅުން އަސްކަރީ ގޮތުން ބަދަހިވިއެވެ. ބުއްޓޫގެ ވެރިކަން ވެއްޓުމުގެ ކުރިން މުޝައްރަފަށް އިތުރު ޕްރޮމޯޝަނެއްދީ ލެފްޓިނަންޓް ޖެނެރަލް އަކަށް އޭނާ ހެދިއެވެ. އެއަށްފަހު އައިކޯޕްސް ނަމަކަށް ކިޔާ ލަޝްކަރުގެ އެންމެ އިސްވެރިޔާގެ މަގާމު އޭނާ އަށް ދިނެވެ.

މުޝައްރަފް ޕާކިސްތާނުގެ ވެރިކަން ކުރެއްވީ 2001 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށެވެ. 2008 ވަނަ އަހަރު އިތުބާރު ނެތްކަމަށް ފާސް ކޮށް މަޤާމުން ވަކިކޮށްފާނެކަން ޔަޤީންވުމުން އަމިއްލައަށް އިސްތިއުފާދެއްވީއެވެ. އެއަށްފަހު މުޝައްރަފު ދިރިއުޅުއްވަމުން ގެންދެވީ ދުބާއީ އާއި ލަންޑަނުގައެވެ. 

ހަތަރު ތަރީގެ ޖެނެރަލް މުޝައްރަފް 1999 ވަނަ އަހަރު ލޭ އޮހޮރުވުމެއް ނެތް ބަގާވާތަކުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ވަންދެން ވެރިކަން ކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Aug 2026
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
12 Aug 2026
އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓުތައް އެތައް ޤައުމަކުން އެތެރެކުރުން ހުއްޓާލަނީ
ޖަޕާނުން އިންޑިއާގެ އަނބު އެތެރެކުރުން ހުއްޓައިލައި، ޗައިނާއިން ހަނޑޫ ރިޖެކްޓްކޮށް، ޔޫރަޕާއި ހޮންގް ކޮންގުން ހަވާދުގެ ސާމްޕަލްތަކުން މައްސަލަ ފެނުމާ އެކު، އިންޑިއާގެ ދަނޑުވެރި އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
12 Aug 2026
ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
ރާއްޖޭގައި މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް، ޚާއްޞަކޮށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
12 Aug 2026
ފާއިތުވި ހަފްތާގައި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރީ ބޭރުގެ ލޯނުތައް އަދާކުރުމަށް
ފާއިތުވި ހަފްތާގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ހާމަކޮށްފިއެވެ.
12 Aug 2026
ކުދިން ދިވެހި ބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ ކަމީ ސީރިއަސް މައްސަލައެއް
39 ވަނަ ޤައުމީ ވާހަކަދެއްކުމުގެ މުބާރާތް ހުޅުވައިދެއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ކުރިއަށް އޮތް ޖީލުތަކުގެ ކިބައިގައި ހަރުލެއްވުން ވަރަށް މުހިންމު ސިފައެއް ކަމަށް ވިދާޅުވެފައިވެއެވެ. ދިރިއުޅުމުގައި ކާމިޔާބީ ހޯދުމަށް އެހެން މީހުންނާ މުޢާމަލާތުކުރުމުގެ ޤާބިލުކަން ލިބިފައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވެފައިވެއެވެ.
12 Aug 2026
ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ބާރު، ފުރުސަތުތައް ފަހިކޮށްދޭނަން
ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާ، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
12 Aug 2026
ފަލަސްތީނުގެ 1,700 މީހުންގެ ހަށިގަނޑު އިސްރާއީލުން ހިފަހައްޓާފައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން، މުސްތަގުބަލުގައި ބަދަލުކުރެވޭ "ބާގޭނިންގ ޗިޕްސް"ގެ ގޮތުގައި ފަލަސްތީނުގެ 1,700 އެއްހާ މީހުންގެ ހަށިގަނޑު ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.
12 Aug 2026
ކުޑަކުއްޖަކު ސީޓްބެލްޓް އަޅަން ދެކޮޅުހެދުމުން ކެނެޑާގެ ފްލައިޓެއް ކެންސަލްކޮށްފި
މި މަހުގެ 6 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ފްލައިޓް ނައްޓާލަން ތައްޔާރުވަމުން ދަނިކޮށް އެ ކުއްޖާ ވަނީ ގޮނޑިން ތެދުވެ ސީޓްބެލްޓް އެޅުމަށް އިންކާރުކޮށްފައެވެ. އެއަރލައިނުން ބުނި ގޮތުގައި، ކުއްޖާގެ ބެލެނިވެރިޔާއާއި ފްލައިޓްގެ ކުރޫއިން އެ ކުއްޖާ މައިތިރިކޮށް ސީޓްބެލްޓް އެޅުވުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.